އެޗްއާރުސީއެމްގެ އިސްވެރިންގެ މައްސަލަ މަޖިލީހަށް ބަލައި ނުގަތް

އެޗްއާރުސީއެމްގެ އިސްވެރިންގެ މައްސަލަ މަޖިލީހަށް ބަލައި ނުގަތް

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2021 10:25
0

އެޗްއާރްސީއެމްގެ އިސްވެރިންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވިތެ އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ހަަތަރު މެމްބަރުންނެވެ. ނުފެންނަކަމަށް 36 މެމްބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފު ވިދާޅުވީ އެޗްއާރުސީއެމްގެ ބައެއް މެން ބަރުންނާއި ބައެއް އިސްވެރިން އެ މުއްސަސާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ ބިރުދައްކައި މަސައްކަތުގެ މާހައުލު ބިރުވެރިކަމުގެ ތެރެއަށް ވެއްޓާލައިފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް ކުރިމަތުވަމުންދާ 84 މައްސަލައެއް ފާހަގަ ކުރެވި މިކަންކަމުގެ ހިތްހަމަނުޖެހުން މުވައްޒަފުން ފާޅުކުރަން ފެށުމުން މުވައްޒަފުންނަށް ކުރިއަށްވުރެ ވެސް ބޮޑަށް އިހާނެތިކޮށް ހިތުމާއި ބްލީ ކުރުމާއި ފުރައްސާރަ ކުރުން އިތުރުވުމުން އެތައް މުވައްޒަފުންނެއް ކެނޑިގެން ގޮސްފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ މަސައްކަތްތައް ބޮއްސުންލައި ކޮމިޝަންގެ އިދާރާގެ މާހައުލުގައި ފުރައްސާރުން އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ އެ ކޮމިޝަންގެ ގިނަ މުވައްޒަފުންތަކެއް ހިމެނޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށާއި އޭސީސީއަށް ޝަކުވާގެ ސިޓީއެއް މިއަހަރުގެ ފެބްރުއަރީ މަހު އޮތީ ފޮނުވައިފައެވެ. އެ މައްސަލަ މަޖިލީހާއި މިދިޔަ އޭޕްރީލް މަހު ރައީސް އޮފީހަށް ފޮނުވި ކަމަށް ބުނި ނަމަވެސް އެ މައްސަލަ މަޖިލީހުގައި ބަލާފައެއް ނުވެއެވެ.

މިމައްސަލަ މަޖިލީހުން ބަލައި ނުގަތް ނަމަވެސް މަޖިލިސް ރައީސް ވިދާޅު ހިއުމަންރައިޓް ޖެންޑާ ކޮމެޓީއަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު މެމްބަރު އާސދަމް ޝަރީފަށް އޮތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.