މިއުޒިކު ޝޯ ބޭއްވުމަށް ސިޓީ ކައުންސިލުން ތާއީދެއް ނުކުރާނެ: މުއިއްޒު

މިއުޒިކު ޝޯ ބޭއްވުމަށް ސިޓީ ކައުންސިލުން ތާއީދެއް ނުކުރާނެ: މުއިއްޒު

ގުޅުންހުރި

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯތަކެއް ބާއްވަން ސިޓީ ކައުންސިލުން ތާއީދު ނުކުރާނެކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުބާރާތުގެ ފޯރި ނަގާލައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީ، އޫރިދޫ، މާލެ ސިޓީ ކައުންސިލް ގުޅިގެން މިއަދު ހަވީރުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އެގޮތުން ހަވީރުން ފެށިގެން ކާނިވަލުގައި މެޗު ބެލުން އަދި މިއުޒިކް ޝޯއެއް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި ރާއްޖެ މޮޅުވެއްޖެ ނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދިނަ ދީނީ އިލްމުވެރިން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިއީ މިއުޒިކު ޝޯ ބޭއްވުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށްވެސް ބުނަމުންނެވެ. މިއުޒިކު ޝޯތައް ބެއްވުމަށް މަހުލޫފް ނިންމުމާއި ގުޅިގެން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އެއްވެސް ޝޯއެއް ބޭއްވުމަށް މަސައްކަތް ނުކުރާކަމަށެވެ. އަދި އެކަމަށް ތާއީދުވެސް ނުކުރާނެކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކު ޝޯއެއް ނޯންނާނެ. ސިޓީ ކައުންސިލުން އިސްނަގައިގެން އޯގަނައިޒް ކުރީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއް ތަނެއްގައި ތިބެގެން މެޗު ބަލާލާނެ އިންތިޒާމުއެއް. މުއުޒިކު ޝޯއެއް ބޭއްވުމަށް އަޅުގަނޑު ތާއީދެއް ނުކުރަން.

– މުއިއްޒު ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ. އަދި އިޔާޒު ވިދާޅުވީ އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ. މީގެ އިތުރުން އަލީ ރަމީޒު ވިދާޅުވީ، ކާމިޔާބު ލިބުމުން ﷲއަށް އުރެދުމުގެ ބަދަލުގައި ﷲއަށް ޝުކުރު އަދާ ކުރުން ހެޔޮކަންބޮޑު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ