ރައީސް ޔާމީން ޤައުމީ ޓީމަށް ހިތްވަރު ދެއްވައިފި

ރައީސް ޔާމީން ޤައުމީ ޓީމަށް ހިތްވަރު ދެއްވައިފި

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިވެހި ޤައުމީ ޓީމަށް ހިތްވަރު ދެއްވައި، ޓީމާއިއެކު ހުންނެވިކަން ހާމަކޮށްދެއްވައިފިއެވެ.

ހުކުމަކާއި ގުޅިގެން ގޭ ބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ކުޅުންތެރިން ޕްރެކްޓިސްއަށް ދިޔަ ވަގުތާއި ދިމާކޮށެވެ. ސިފައިންގެ ސެކިއުރިޓީގައި ބަހުގައި ކުޅުންތެރިން ދަތުރުކުރަނީ ބޮޑުތަކުރުފާނު މަގުންނެވެ.

ރައީސް ޔާމީން ދިވެހި ޓީމުގެ ކުޅުންތެރިންނަށް ހަނނާ އެޅުމުން، ބަހުގައި ތިބި ގިނަ ކުޅުންތެރިންވަނީ ރައީސް ޔާމީނަށް ހަނނާ އަޅުއްވައި ހަދާފައެވެ. ބަހުގައި ތިބި ދިވެހި ކުޅުންތެރިންވެސް ވަނީ ރަައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާފައެވެ. އެ ކުޅުންތެރިންގެ މޫނު މަތިން އުފާވެރިކަން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ. ރައީސް ޔާމީންގެ ގެކޮޅުގައި ބޮޑު ގައުމީ ދިދައެއްވެސް މިރޭ ވަނީ ނަގާފައެވެ.

މާދަމާރޭ ދިވެހި ޤައުމީ ޓީމު ސާފް ޗެންޕިއަންޝިޕްގައި ވާދަ ކުރާނީ އިންޑިއާއާއި ދެކޮޅަށެވެ. މިއީ ފަނަލަށް ދިއުމަށް ދިވެހި ޓީމަށް ކޮންމެހެންވެސް މޮޅުވާން ނުވަތަ އެއްވަރު ކުރަން މަޖުބޫރު މެޗެކެވެ.

ރާއްޖޭގެ ޤައުމީ ޓީމު އެންމެ ފަހުން ސާފު ޗެންޕިއަންޝިޕް ހޯދީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ