ވާނުވާ ބަންދުގައި ތިބި މީހުންނަށް އަސާސީ ޚިދުމަތްނުލިބޭތީ މަޖިލީހަށް މައްސަލައެއް

ވާނުވާ ބަންދުގައި ތިބި މީހުންނަށް އަސާސީ ޚިދުމަތްނުލިބޭތީ މަޖިލީހަށް މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2021 10:09
0

ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ބޭގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެމުންދާތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ. ސިރާޖު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ވާނުވާ ނޭއްގޭގޮތަށް ޖަލުތަކުގައި އެތަކެ އެތަކެއް އަހަރުތަކެއް ދުވަހު އެކިއެކި ފަރާތްތަށް ބަންދުކުރެވިފައި ވާކަމަށެވެ. މީގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށިވާ ފަރާތްތަކާއި، ހެކިބަސް ނެގުމުގެ މަރުހަލާގައިވާ ފަރާތްތަކާއި ހުރިހާ އަޑުއެހުންތައްނިމި ހުކުމް ނުކުރެވި އެތަކެއް ދުވަސް ވެފައިވާ ފަރާތްތަށް ހިމެނޭކަމަށެވެ.

ވާނުވާއަށް ހައްލެއްނުލިބި އޮތްއިރު ދެންއޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ވާނުވާގައިތިބި ފަރާތްތަށް ހިމެނޭގޮތަށް ބަންދުކުރެވިފައިވާ އެތަކެއް ސަތޭކަ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ބޭސްފަރުވާގެ ހިދުމަތް އެކަށީގެންވާ މިންވަރަށް ފޯރު ކޮށްދެވެމުން ނުދާކަމަށް ސިރާޖުގެ މައްސަލާގައި ބުނެފައިވެއެވެ.

ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ އިސްމާޢީލް ޝަބީން ވަނީ މިމަހުގެ 6 ވަނަ ދުވަހު ނިޔާވެފައިވާއިރު، ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ސިރާޖު ވިދޅުވެފައިވެއެވެ. އަދި މިކަމަށް އއެކަނި ބަލައިލުމުންވެސް އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތަށް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމާއި، އެމީހުންގެ ހައްގުތައް ހޯދައި ނުދެވޭކަން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިއީ ވަރަށް ސީރިއަސް އަދި ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. ބައެއް މެމްބަރުންވަނީ ޖަލުގައި ވާނުވާ ގައި ބަންދުކޮށްފައިވާ މީހުން މިހާރުން މިހާރަނަށް ދޫކޮށްލައި އެމީހުންގެ ޝަރީއަތް ވީހާވެސް އަވަހަށް ފެށުމަށްވެސް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.