ފުލުހުންގެ ސެންޓަރަލް ޑިވިޝަންގައި ހިމެނޭ ރަށަކުން 13 އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލާގައި އޭނާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް އޮކްޓޫބަރު 23 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކުރެވިފައި ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.
ފުލުހުން ބަލަމުންދާ މިފަދަ ޖިންސީ މައްސަލަތަކުގައި އެމީހަކު ނިސްބަތްވާ ރަށާއި، އޭމީހާއާއި އެކުއްޖަކާއި ހުންނަ ގާތްކަމެއް ހާމަކުރަމުން ނުދެއެވެ. މިފަދަ މައުލޫމާތުތައް ހާމަނުކުރަނީ ކުޑަކުދިންގެ ރައްކާތެރިކަމާއި، ކުއްޖާގެ އަބުރު ރައްކާތެރިކުރުމަށެވެ.
ކޮމެންޓު ފޮނުވާ