މިރޭ ވިއްކަން އިއްުލާންކުރި 1000 ޓިކެޓް ގަތުމަށް ސީޝަލް ސެންޓަރުގައި ގިނަބަޔަކު ދުރަލާ ކިއު ހަދައިފިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗުގެ ޓިކެޓް ނުލިބި ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ހަމަނުޖެހުންވެސް ހިނގާފައިވެއެވެ. ގަލޮޅު ދަނޑުގައި މިއަދު ހެނދުނު 10 ޖެހިއިރު ޓިކެޓް ވިއްކަންފެށިއެވެ. ނަމަވެސް އޭގެ މާކުރިން ވަރަށް ހެނދުނާ ކިއުގައި މީހުން ޖެހިފައިތިއްބެވެ. ޓިކެޓް ވިއްކަން ފެށިތާ ގަޑިއެއްހާއިރުގެ ތެރޭގައި ވަނީ ޓިކެޓް ހުސްވެފައެވެ. ވިއްކަން ކަނޑައެޅި އަދަދަށް ތިކެޓް ހުސްވުމުން އެފްއޭއިމް އިން ވަނީ އިތުރު 1000 ޓިކެޓް މިރޭ ސޯޝަލް ސެންޓަރުގައި ވިއްކުމަށް ނިންމާފައެވެ.
މިރޭ 20:00ގައި ޓިކެޓް ވިއްކަން ފަށާނެކަމަށް އެފްއޭއިމް އިން ބުނެފައިޥާއިރު، ގިނަ ބަޔަކު މިހާރުވެސް ވަނީ ކިޔުގައި ޖެހިފައެވެ. އަދި ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ މެޗަކަށްފަހު މެޗެއް ފޯރި ގަދަވަމުންދާކަމަށް ވިދާޅުވެފައެވެ.
މިރޭ ވިއްކަން އިއުލާން ކޮށްފައިވާ 1000 ޓިކެޓު ގަތުމަށް މިހާރު ސޯޝަލް ސެންޓަރުގަ ވަނީ ކިޔު ހަދާފަ.
މެޗަކަށްފަހު މެޗެއް މިދަނީ ފޯރި ގަދަވަމުން. ?? pic.twitter.com/Q2SfbKeUW3
— Ahmed Mahloof (@AhmedMahloof) October 9, 2021
ފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި 1،000 ޓިކެޓް ކަމަށާއި މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށެވެ. މީހަކަށް ވިއްކާނީ އެންމެ ޓިކެޓެކެވެ.
އެފްއޭއެމުން ބުނީ އިތުރު 1،000 ޓިކެޓް ވިއްކަން ނިންމީ ރާއްޖެ މެޗު ބަލަން ދަނޑަށް ވަންނަން ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފޭސްބުކްގައި ކުރި ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމަށް ސްޕޯޓަރުންގެ ސަޕޯޓްވަރަށް މުހިންމުކަމަށާއި މެޗުން މޮޅުވުމަށް 12ވަނަ ކުޅުންތެރިޔާގެ ރޯލް އަދާކޮށްދިނުމަށް ބައްސާމް ވަނީ އެދިވަޑައިގަންފައެވެ.
ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. އެއީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ލަންކާ މިމުބާރަތުގައި މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު އެޓީމުވަނީ ދެ މެޗުން ބަލިވެ، އެއް މެޗް އެއްވަރުކޮށްފައެވެ. މާދަމާ ހަވީރު ރާއްޖެ އާއި ދެކޮޅަށް ލަންކާ ނިކުންނައިރު، ލަންކާއަށްވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް ބަންދުވެފައެވެ.