ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ގުޅުންހުރި

ރ. ކިނޮޅަސް ބަނދަރުގެ ނެރުމައްޗަށް ވެލި އަރާ މައްސަލަ ހައްލުކުރުމަށް އެމްޓީސީސީ އިން މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފިއެވެ.

އެ ރަށުގެ ބަނދަރުގެ ބޮޑު ބަޔަކަށް ވެލި އަރައި، އުޅަނދު ފަހަރަށް ވެސް ނުވަދެވޭ ވަރު ވަނީ ވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި ކިނޮޅަހުގެ ބަނދަރުގެތެރެ އަށް ވަރަށް ބޮޑަށް ވެލި ވަދެ، ނެރު މައްޗާ ހަމަ އަށް ހިނގާލާފައި ވެސް ދެވެއެވެ.

މިކަމާގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިންމާ ހަވާލުކުރާނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ފުރަތަމަ ފިނޭންސް މިނިސްޓްރީން ހުޅުވާލީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އިޢުލާންކުރުމުގެ ފަހުން ރަށުގެ ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު އަލުން ޑިޒައިން ބަދަލުކުރުމަށްފަހު ބީލަން ހުށަހަޅަން މިދިޔަ ޖުލައިމަހުގެ ތެރޭގައި ހުޅުވާލިކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ނުކުރެވުނުކަން ފިނޭންސް މިނިސްޓްރީން ޕްލޭނިންގ މިނިސްޓްރީއަށް މިދިޔަމަހުގެ 27 ވަނަ ދުވަހު އެންގުމާ ގުޅިގެން، ބިޑްކުރުމެއްނެތި، ޑައިރެކްޓް އެވޯޑް އުޞޫލުން އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިވަގުތު ބަނދަރަށް ވަދެ ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް މިމަހުގެ 10 ވަނަ ދުވަހު އެމް.ޓީ.ސީ.ސީގެ ޓީމެއް އެރަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ