ސަރުކާރު ފެއިލްވުމުގެ އިހުސާސްވުމުން، ވާދަވެރިންގެ ފަހަތުން ދުވާލެއް ބާރުވާނެ: ޝިޔާމް

ސަރުކާރު ފެއިލްވުމުގެ އިހުސާސްވުމުން، ވާދަވެރިންގެ ފަހަތުން ދުވާލެއް ބާރުވާނެ: ޝިޔާމް

ގުޅުންހުރި

ސަރުކާރު ފެއިލްވެ، ރައްޔިތުންގެ ތާއީދު ގެއްލިއްޖެކަން އަމިއްލައަށް އިހުސާސް ކުރެވޭ ހިސާބުން، ސަރުކާރާއި ވާދަވެރި ބޭފުޅުންގެ ފަހަތުން ދުވާލެއް ބާރުވާނެކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިންގ ޕްލެޓްފޯމް ޕްރޮޖެކްޓް ނުވަތަ ނިއުޕޯޓް މައްސަލައިގައި މުޢިއްޒުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުއްވުމުންނެވެ.

ޝިޔާމް ވިދާޅުވީ ޑރ.މުއިއްޒުއަކީ އަމިއްލަފުޅަށް ޖަވާބު ދާރީ ނުވެވޭ ވަރުގެ ކަންކަން ކުރައްވާ ވަރަށްވުރެއް މާ ޒިންމާދާރު ބޭފުޅެއްކަމަށެވެ. މިއަދު ފެނިގެންދަނީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި މާލޭގެ ރައްޔިތުން މާލޭގެ މޭޔަރަކަށް ޑރ.މުއިއްޒު އިންތިކާބުކޮށް މާލޭގެ ރައްޔިތުން ބޭނުންވާކަންކަން މުއިއްޒު ކުރައްވަން މަސައްކަތް ކުރެއްވުމުން އެކަމަށް ހުރަސް އަޅާތަންކަމަށެވެ. ނަމަވެސް ސަރުކާރެއް ފެއިލްވެ ރައްޔިތުން އިތުބާރު ގެއްލޭ ހިސާބުން އިދިކޮޅު ވާދަވެރިންގެ ފަހަތުން މިހެން ދުވާނެކަމީ މާކުރިންވެސް އެގޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރު ފެއިލްވާވަރު އަމިއްލައަށް އިހުސާސްވާވަރަކަށް ވާދަވެރިން ފަހަތުން ދުވާލެއް ބާރުވާނެ. ޖަވާބުދާރީ ނުވެވޭވަރުކަމެއް ޑރ.މުއިއްޒު ނުކުރައްވާނެ. އެއީ އިޚްލާސްތެރި ބޭފުޅެއް.

– ޝިޔާމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދެވީ އުސޫލްތަކުގެ ތެރެއިންކަމަށާއި، ދަޢުވާކުރަންޖެހޭކަމެއް ކުރައްވާފައިނުވާނެކަމަށް ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ.މުޢިއްޒު ވިދާޅުވީ، ހުރިހާ ކަމެއްވެސް ގެންދަވާފައި އޮންނާނީ ގާނޫނީ އިމުގެ ތެރެއިން އުސޫލްތަކާ އެއްގޮތަށްކަމަށެވެ. މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދަވަން ޖެހޭ ކަންކަން ކުރެއްވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި،. އެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ފޭލްވެދާނެތީ ބިރަށް ޔާމީނު ވެރިކަމުގައި ކުއްލި ނުރަށްކާ ގެނެސް އެންމެންޖަލަށްއެޅީ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ