ބަރުލަމާނީ ކެމްޕެއިން އަތޮޅު ތެރޭގައި ފަށައިފި

ބަރުލަމާނީ ކެމްޕެއިން އަތޮޅު ތެރޭގައި ފަށައިފި

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2021 05:15
0

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި، އަތޮޅު ތެރޭގައި ބަރުލަމާނީ ކެމްޕެއިން ހަރަކާތްތައް ފަށައިފިއެވެ.

ދަތުރުތައް ފެށިގެން ހާމަކޮށްފައިވަނީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ނިޝާންއެވެ. ބަރުލަމާނި ކެމްޕެއިންގެ ފުރަތަމަ ދަތުރު ކުރަނީ ވ.އަތޮޅުގެ ރަށްތަކަށެވެ. މިދަތުރުގައި އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިއުމަށް ހަމަޖެހިފައެވެ. މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ބައިވެރިވެފައިވެއެވެ

ބަރުލަމާނީ ކެމްޕެއިން ހަރަކާތުގެ އަތޮޅު ދަތުރުތައް މިއަދު އަޅުގަނޑުމެން ފަށައިފިން.ފުރަތަމަ ދަތުރު މިދަނީ މާތް ﷲ ވާގިފުޅާއެކު ވާވު އަތޮޅު މީހުންދިރި އުޅޭ ހުރިހާ ރަށްތަކަށް.

– ނިޝާން ވިދާޅުވިއެވެ.

ބަރުލަމާނީ ޕެޓިޝަންގައި މަޖިލީހުގެ ބައެއް އެމްޑީޕީގެ މެންބަރުން ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. ޖުމްލަ 13 މެންބަރަކު މިހާތަނަށް ސޮއިކުރައްވާފައިވާކަމަށް ވަނީ ބުނެފައެވެ. މި ޕެޓިޝަންގައި އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ވަނީ ސޮއިކޮށްފައެވެ. މިހާރުވެސް ގިނަ ބަޔަކު ޕެޓިޝަންގައި ސޮއި ކުރައްވާފައިވާއިރު، ޕެޓިޝަންގައި ގިނައިން ސޮއިކޮށްފައިވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގައެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާމުހިންމު ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.