7 އަހަރު ވަންދެން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވި އިސް ފަރާތްތަކަށް ކުއްލިއަކަށް މަހުޖަނުން ފެނިއްޖެކަމަށް ވިދާޅުވެ ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ހެލްތު މިނިސްޓަރ ނަސީމް (ކެރަފާ ނަސީމް)އަށް ފާޑުވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން މި ވިދާޅުވީ، ޓޫރިޒަމް ތައާރަފުކުރުމުގެ މުގުލުގައި ތިއްބެވި މުއްސަނދިންނަށް ފާޑުކިޔުމަކީ ދިވެހިންގެ މެދުގައި އޮތް ގޯސް އާދައެއްކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް ރާއްޖެއަށް ޓޫރިޒަމް ތަޢާރަފްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ގޮވާލެއްވުމާއި ގުޅިގެންނެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވިތާ 50 އަހަރުފުރޭ ރަންޔޫބީލްގެ ކައުންޓްޑައުން ފެށުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވަނީ އްޖޭގައި ބުރަ މަސައްކަތް ކޮށްގެން ކާމިޔާބު ވެފައިވާ މީހުންނާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ނަސީމްގެ އެވާހަކަތަކަށް ފާޑުވިދާޅުވެ މެންބަރު ސަޢީދު ވިދާޅުވީ، މެދުނުކެނޑި ރާއްޖެ ބޮއިކޮޓްކޮށް ޓޫރިސްޓުން ނައުމަށް ޔޫރަޕްގައި ހިންގި 7 އަހަރުގެ ކެމްޕެއިންގަ އިސްދައުރެއް އަދާކުރި ފަރާތްތައް ކުއްލި ގޮތަކަށް "މަހުޖަނުން" ފެނިއްޖެކަމަށެވެ. އޭނާ ވަނީ 2 ލެޕްޓޮޕާއި 1 ރިސޯޓުން ޤައުމު ހިންގޭނެކަން މިހާރު ޔަޤީންވީތޯވެސް ސުވާލުކުރައްވާފައެވެ.
މެދުނުކެނޑި ރާއްޖެ ބޮއިކޮޓްކޮށް ޓޫރިސްޓުން ނައުމަށް ޔޫރަޕްގައި ހިންގި 7 އަހަރުގެ ކެމްޕެއިންގަ އިސްދައުރެއް އަދާކުރި ފަރާތްތައް ކުއްލި ގޮތަކަށް "މަހުޖަނުން" ފެނިއްޖެ! 2 ލެޕްޓޮޕާއި 1 ރިސޯޓުން ޤައުމު ހިންގޭނެކަން މިހާރު ޔަޤީންވީތޯ؟
– މުޙައްމަދު ސަޢީދު
ސަޢީދު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ސަރުކާރުގައި އޭރު އިދިކޮޅުގަިއ ތިއްބެވި ފަރާތްތަކުން އިސްވެ ވަނީ ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާ ކެމްޕެއިން ކުރައްވާފައެވެ. އަދި ރާއްޖެ ބޮއިކޮޓްކުރުމަށް އެކި ފޯރަމްތަކުގައި ވާހަކަ ދައްކާފައިވެސްވެއެވެ.
ރޭ ބޭއްވި ހަފްލާގައި ނަސީމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމަށް ތަޢުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.އ ޭނާ ވިދާޅުވީ، ގާސިމަކީ އަމިއްލަ ބުރަ މަސައްކަތުން ވިޔަފާރީގެ ކާމިޔާބީ ހާސިލް ކުރި ބޭފުޅެކެވެ. އެހެންވެ، އެކަން ދިވެހިން ބަލައިގަންނަން ޖެހޭކަމަށެވެ.
One Response
ވަރަށް ރަނގަޅު ވާހަކަފުޅެއް ތިޔަދެއްކެވީ