އަދާލަތު ޕާޓީގައި ޓެރަރިސްޓުން ނުތިބޭނެ: އިމްރާން

އަދާލަތު ޕާޓީގައި ޓެރަރިސްޓުން ނުތިބޭނެ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2021 09:55
0

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި ޓެރަރިސްޓް އަމަލުތަކަށް ނިސްބަތްވާ އަދި ޓެރަރިސްޓު އަމަލުތަކަށް ހިތްވަރުދޭފަދަ އެއްވެސް މެމްބަރެއް ނުުހުންނާނެކަމަށް އެޕާޓީގެ ރައީސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަދާލަތު ޕާޓީގައި ޓެރަރިސްޓު އަމަލުތަކަށް ހިތްވަރުދޭ ގޮތަށް މެމްބަރުން ތިބިތޯ މެމްބަރަކު ކުރެއްވި ސުވާލުގައި މިނިސްޓަރ އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ މެމްބަރުން ތިބި ޕާޓީއެއް ނޫންކަމަށެވެ. އަދި އެޕާޓީގައި އެފަދަ މެމްބަރަކު ހުންނެވިނަމަ އަދި އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހަކު ހުރިނަަމަ ޕާޓީން ވަކި ކުރެވޭނެކަމަށެވެ.

އިމްރާންގެ ޖަވާބާއި ގުޅިގެން މަޖިލިސްގެ ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވަނީ މަޖިލީހުގައި އިމްރާން ތަމްސީލް ކުރައްވަނީ ހޯމް މިނިސްޓަރގެ ދައުރު ކަމަށާއި، ޕާޓީ ތަމްސީލް ކުރެއްވުމަށް ދެންނެވިފައި ނުވާކަމަށެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް އިތުރުވަމުންދާ މިދަނޑިވަޅުގައި މިނިސްޓަރ އިމްރާނަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށްބުނެ ގިނަ މެމްބަރުންގެ ސުވާލުތަކެއް ވަނީ މިނިސްޓަރަށް ކުރިމަތި ކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ ޤާނޫނުގެ ތެރެއިން އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަމުގެ ނަތީޖާވެސް ރަނގަޅުކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.