ކޯވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 38 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އުމުރުން 60 އަހަރު ދިވެހި ފިރިހެނަކު ރޭ މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ރޭ 7:30 ގައެވެ. އެއީ ކޮވިޑްގެ ބަލި މީހެކެވެ. އެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަަދަދު 38 އަށް ވަނީ އަރާފައެވެ.
މިމީހާއަކީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ރޭ ނިޔާވެފައިވާ މީހެކެވެ. މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އިނގިފައިވަނީ ނިޔާވި ފަހުން ނެގި ސާމްޕަލުންނެވެ. އަދި އެސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމީހާ ވަޅުލި ފަހުން މިއަދުގެ ވަގުތެއްގައެވެ.
މިއީ ކޯވިޑް-19ގައި ނިޔާވި މީހެއްކަމެއް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަދި ހާމައެއް ނުކުރައްވައެވެ. މިއީ ރާއްޖެއިން ކޯވިޑް-19ޖެހި މަރުވި މީހުންގެ އަދަދު ވަނީ 37އަށް އަރާފައެވެ. އެއީ އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ