ކާބުލްގެ މިސްކިތެއްގެ ބޭރުގައި ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

ކާބުލްގެ މިސްކިތެއްގެ ބޭރުގައި ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

Author
ހުސެއިން
03 އޮކްޓޯބަރ 2021 05:07
0

އަފްއާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގެ، މިސްކިތަށް ވަންނަ ދޮރާށި ކައިރީގައި ވަރުގަދަ ބޮމުގެ ހަމަލާއެއް ދީ އެތައް ބަޔަކު މަރުވެއްޖެ ކަމުގައި ތާލިބާން ޖަމާއަތުގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

މި ބޮން ގޮއްވާލާފައިވަނީ، ކާބުލްގައި ހުން އީދު ގާހު މިސްކިތުގައި، ތާލިބާން ޖަމާއަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދުގެ މަންމަގެ ހަދާނުގައި އެމިސްކިތުގައި ދީނީ އިހުތިފާލެއް ބާއްވަމުން ދަނިކޮށެވެ.

އަދި މިހާތަނަށް އެއްވެސް ބަޔަކު މިހަމަލާގެ ޒިންމަ އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް އޮގަސްޓްމަހުގެ 15ވަނަ ދުވަހު ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގެ ވެރިރަށް އެޖަމާއަތުގެ ބާރުގެދަށަށް ގެނައުމަށްފަހު، އަސިސް ޖަމާއަތުން އަފްއާނިސްތާނުގައި މިހާރު އޮތް ސަރުކާރާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް އިތުރު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. ނަތީޖާއެއްގެ ގޮތުން އަފްއާނިސްތާނުގައި ތާލިބާން ޖަމާއަތާއި އައިސްއާއި ދެމެދު އުފެދިފައިވާ ދެކޮޅުވެރިކަން އިތުރުވެ، މިހަމަނުޖެހުން އިތުރަށް ފުޅާވެގެން ހިގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

އަފްއާނިސްތާންގެ އިރުމަތީ ޕްރޮވިންސެއްކަމުގައި ނަންގަހާރުގައި އަދިވެސް އައިސިސްގެ ނުފޫޒު ވަރަށް ވަރުގަދައަށް އޮވެއެވެ. އަދި އައިސިސްއިން ބަލަނީ ތާލިބާން ޖަމާއަތަކީ އެމީހުންގެ ދުޝްމަނުންގެ ގޮތުގައެވެ.

އަދި އައިސިސް ޖަމާއަތުންވަނީ، ފާއިތުވެދިޔަ ތަނުގައި ތާލިބާން ޖަމާއަތާ ދެކޮޅަށް ދިން ގިނަ ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. މީގެ ތެރޭގައި ޖަލާލް އާބާދުގައި އެތައްބަޔަކު މަރުވެދިޔަ ގިނަ ހަމަލާތަކެއްވެސް ހިމެނެއެވެ. އެހެންނަމަވެސް، ވެރިރަށް ކާބުލްގައި އައިސިސްއިން ފަހަކަށް އައިސް ދީފައިވަނީ މަދު ހަމަލާތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.