"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޤާނޫނުގައި ވާލިޔުންތައް ފުރިހަމަކޮށް އިލެކްޝަނަށް ހުށަހެޅުމުން މ.ކެލަން, މުޙައްމަދު އިސްމާއިލަށް "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާކަމަށެވެ.
"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމައިފި. pic.twitter.com/HsP2i3ugkI
— Elections Commission (@ElectionsMv) October 3, 2021
މުހައްމަދު އިސްމާއިލްއަކީ ސަރުކާރުގައި 35 އަހަރު ޚިދުމަތް ކުރަމުންދާ ބޭފުޅެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ މަސައްކަތް ކުރަމުންދަދަނީ މިހާރު ހައުސިން މިނިސްޓްރީގައެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.
ކޮމެންޓު ފޮނުވާ