ގޭންގު މާރީ މާރީތަކާއި، ގޭންގުތަކުން ހިންގާ ނުރައްކަތެރި ކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ގޭންގްތަކުން ހިންގާ މާރީ މާރީތަކުގައި މަރުވާ މީހުންގެ އަދަދު މަދުކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަހިންސާ ދުވަސް ނުވަތަ ނޮން ވަޔަލަންސް ޑޭ އާއި ގުޅިގެން ސީޕީ ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގޭންގު ތަކުން ހިންގާ ތަފާތުއެކި ބާވަތްތަކުގެ ކުށްތައް ހުއްޓުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ޚާއްސަކޮށް ގޭންގުތަކުން ރާވައިގެން ހިންގާ ބޮޑެތި ކުށްތަކައި، ގޭން މާރާ މާރީތައް ހުއްޓުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި މިހާރުވެސް ފުލުހުންގެ މުވައްސަސާއިން އެމަސައްކަތް ކުރަމުންދާކަމުގައި ސީޕީ ވިދާޅުވިއެވެ.
On this international day of #nonviolence we commit to do more in our efforts to tackle violence, especially violence perpetrated by ‘crime groups’ that create fear on our streets and communities.
— Mohamed Hameed (@M_Hameedh) October 2, 2021
ގޭގްތުތަކުން ހިންގާ ކުށްތަކައި ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހު މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މިންވަރު މަދުވެފައިވާކަމަށް ދައްކާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އަނިޔާވެރި މާރާމާރީތަކުގައި މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިކަން އެއްކޮށް ހުއްޓުވަން ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ކުރަންޖެހެނީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ މަގަކުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގްރޫޕް މާރާމާރީތަކާއި، ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެކި ސަރުކާރުތަކުން މިހާތަނަށް ކުރަމުންދާ މަސައްކަތްތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ. ވަކިން ޚާއްސަކޮށް ގޮތް ނޭގޭ ގޮތަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާ ލާފައިވާ މީހުންގެ މައްސަލަތަކަށްވެސް އިންސާފުވެރިކަމެއް ނުލިބޭތީ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް މިހާރުވެސް ދަނީ ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ