ސަޢުދީޢަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވައިފައިހުންނަވާ ސަފީރު މާތުރެޚް ޢަބްދުﷲ އެމް.އަލްދަސަން އާއި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާ މާލެ ސިޓީގެ ތަރައްޤީއާއި ގުޅޭގޮތުން މަޝްވަރާކުރައްވައފިއެވެ. މިމަހުގެ 30 ވަނަ ދުވަހު ބޭއްވުނު މި ބައްދަލުވުން އޮތީ ސަޢޫދީ އެމްބަސީގައެވެ.
މި ބައްދަލުވުމުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން މިހާރު ހިންގާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެހީތެރިކަން ދެއްވިދާނެ އަދި ޝައުގުވެރިކަން ހުރި މަޝްރޫޢުތަކާބެހޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
استقبل سعادة سفير #خادم_الحرمين_الشريفين مترك بن عبدالله العجالين في مكتبه بالسفارة اليوم، معالي عمدة العاصمة ماليه الدكتور محمد مُعز ، جرى خلال اللقاء تبادل الأحاديث الودية والمواضيع ذات الاهتمام المشترك. pic.twitter.com/fte4D7kUjW
— السفارة في المالديف (@KSAembassyMV) September 30, 2021
ސަޢޫދީ ޢަރަބއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮއްދޭ ގައުމެކެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ސަލްމާނު މިސްކިތާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މާލޭގެ މޭޔަރު ޑރ.މުޢިއްޒު ގެންދަވަނީ ބޭރުގެ އެކި ފަރާތްތަކާއި ބައްދަލުކުރައްވާ މާލެ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯދަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ތުރުކީ ވިލާތަށްވެސް ދަތުރެއް ކުރައްވާ ބައެއް ސިޓީތަކުގެ މޭޔަރުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.