މަޚްލޫފް އާއި ބައްސާމް ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް ޒުވާނުންނާއިއެކު މަގުތަކަށް

މަޚްލޫފް އާއި ބައްސާމް ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް ޒުވާނުންނާއިއެކު މަގުތަކަށް

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 07:38
0

މާދަމާ ފަށާ އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދިނުމަށް މިނިސްޓަރ މަޚުލޫފާއި، އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ޒުވާނުންނާއިއެކު ޚާއްސަ ސައިކަލު ބުރެއް ބާއްވައިފިއެވެ.

މިއަދު ހަވީދު މާލޭގެ މަގުތަކުގައި ބޭއްވި މި ސައިކަލު ބުރުގައި ޤައުމީ ދިދައާއިއެކު ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ. މިނިސްޓަރ މަހުލޫފް ސަސްޕެންޝަނުގައި ހުންނެވި ނަމަވެސް ޤައުމީ ޓީމު ސާފް ޗެންޕިއަންޝިޕަށް ވަމުންދާ ތައްޔާރީތަކާއި، ޓީމަށް މިނިސްޓްރީ ތެރެއިން ފޯރުކޮށްދޭންޖެހޭ އެންމެހައި ކަންތައް މިނިސްޓަރ މަހުލޫފް ގެންދަވަނީ ދެއްވަމުންނެވެ.

މިސައިކަލުބުގައި ޤައުމީ ޓީމު ތިބި ހޮޓެލްޖެން ކައިރިއަށް ސަޕޯޓަރުން ދިއުމުން ޤައުމީ ޓީމު ވަނީ ސަޕޯޓަރުންނަށް ފެނިލުމަށް ހޮޓަލުން ބޭރަށް ނިކުމެފައެވެ. ސަޕޯޓަރުންވަނީ ޓީމަށް ހިތްވަރުދީ ކާމިޔާބަށް އެދިފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގައި ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅުގައި ކުޅުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ދެމުން އައި އިނާމުގެ ފައިސާގެ ޢަދަދު ބޮޑުކުރައްވާފައިވާކަމުގައި ވިދާޅުވެފައެވެ. އަދި އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނޭހެން 5 ޤައުމަކުން ވާދަކުރާއިރު މި މުބާރާތް ކުރިއަށްދަނީ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.