ބަހުރެއިން އިން އިސްރާއީލަށް ގަލްފް އެއަރގެ ދަތުރުތައް ފަށައިފި

ބަހުރެއިން އިން އިސްރާއީލަށް ގަލްފް އެއަރގެ ދަތުރުތައް ފަށައިފި

Author
ހުސެއިން
30 ސެޕްޓެމްބަރ 2021 05:16
0

ގަލްފެ އެއަރއިން، އިސްރާއީލަށް ވިޔަފާރީގެ ދަތުރު ކުރަން ފަށައިފިއެވެ. ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ގަލްފް އެއަރގެ ދަތުރުތައް މިއަދު އިސްރާއީލަށް ކުރަން ފަށާފައިވާއިރު، މިމަހުގެ 9 ވަނަ ދުވަހު އެއެއަރލައިން އިސްރާއީލަށް ހަފްތާއަކު ދެދުވަހު ދަތުރުތައް ފަށާނެކަން ވަނީ އިއުލާން ކޮށްފައެވެ.

ގަލްފް އެއަރއިން ބުނެފައިވަނީ، އެ އެއަރލައިންގެ ދަތުރުތައް އިސްރާއީލަށް ކުރަން ފަށާފައިވަނީ، ފާއިތުވެދިޔަ އަހަރު ބަހުރެއިންއާއި އިސްރާއީލާ ދެމެދު ވެވުނު "ސިޔާސީ، ވިޔަފާރި އަދި ސިވިލް އޭވިއޭޝަން އެގްރީމަޓްތަކާއި" އެއްގޮތްވާ ގޮތުގެމަތިން ކަމުގައެވެ.

އިސްރާއީލާއެކީ ސިޔާސީ ގުޅުން ގާއިމް ކުރުމުގެ ގޮތުން، ފާއިތުވެދިޔަ އަހަރު، އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި އަބަރަހަމް އެކޯޑުގައި ބަހުރެއިންއިން ވަނީ ސޮއި ކޮށްފައެވެ.

އަރަބި ގައުމެއްކަމުގައިވާ ބަހުރެއިން ވަނީ، މިއަހަރުގެ މާރޗްމަހު އެގައުމުން އިސްރާއީލަށް ކަޑައަޅާ ސަފީރަކު ހަމަޖައްސާފައެވެ. އަދި ބަދަލުގައި އިސްރާއީލުންވަނީ މިމަހުގެ ކުރީކޮޅު އެގައުމުން ބަހުރެއިނަށް ކަޑައެޅި ފުރަތަމަ ސަފީރު މަގާމަށް އައްޔަން ކޮށްފައެވެ.

ބަހުރެއިން ހިމެނިގެންދަނީ، ޔޫއޭއީ، ސޫދާން އަދި މޮރޮކޯއާއެކީ، ފާއިތުވެދިޔަ އަހަރު އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރި 4 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.