ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްގައި އުޅޭ އަންހެނަކު ކުޑަ ކުއްޖަކު ކޮނޑުގައި ސްކޫލަށް އުފުލާ ވީޑިއޯއާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އިސް މުވައްޒަފަކު އެދެމައިންނަށް ފުރައްސާރަ ކޮށްފިއެވެ.
ތ.އަތޮޅު ވޭމަންޑޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އެންމެ އިސް މުވައްޒަފު ރިލުވާން ވަނީ މިކަމަށް އިޝާރާތްކޮށް ވަރަށް ބޮޑަށް ކިޔައި ޓްވީޓު ކޮށްފައެވެ. އޭނާ ބުނެފައިވަނީ އުޅޭ ތަނުގެ ކުލި ދައްކައި، ކާން ބޭނުންވާ ތަކެތި ހޯދައިދީ ފެންބިލު ދައްކައިދީ، އެއްތަނުން އަނެއްތަނަށް އުފުލުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އެޕާޓްމަންޓްދީ، ސްކޫލަށް ދާން ބަސްދީ، ކާނެ ކާއެއްޗެހިދީ، ފެން ބިލް ދައްކައިދީ މިއީ ދުނިޔޭގެ ކޮން ގައުމަކުން ކުރާ ކަމެއްތޯ؟
– ރިލުވާން ސުވާލު ކޮށްފައިވެއެވެ.
މިއީ ކުރީގެ އަތޮޅު ކައުންސިލް ރައީސް އަދި މިހާރު ވޭމަންޑޫ ޖެންޑާރ އާއި ހަވާލުވެހުރި ފަރާތް ކަމަށްވޭ
ރައްޔިތުންގެ ލާރިން މުސާރަ ލިބޭ މަގާމުތަކުގައި ތިބޭ ފަރާތްތައް ރަހުމެތްނެތި އާންމު ނިކަމެތިންނަށް ހަޖޫ ޖެހީމަ ހަޑި ނަން ލިބޭނީ ޕާޓީއަށް @MDPSecretariat pic.twitter.com/6QsgRvUkNr
— Midhuam Saud(米渡)?? (@midh_am) September 29, 2021
ބުރަކަށިމަތީގައި ދަރިފުޅު އުފުލި މަންމަ އަށް ބަސް ޓެކްސީއެއް ހަމަޖައްސައިދީފައިވާ އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވަނީ ރިލްވާންގެ ކޮމެންޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިލްވާންގެ ކޮމެންޓާއި ގުޅިގެން ވަރަށް ގިނަ އާއްމުން ވެސް އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.
ކޮންމެ ދުވަހަކު ހިނގާފައި ނުވަތަ ދަރިފުޅު ކޮނޑަށް ލައިގެން ހުޅުމާލޭ ފޭސް އެކެއްގެ ބަސް ސްޓޮޕަކާ ހަމައަށް މި ކުދިން ގޮވައިގެން މަންމަ ދެ އެވެ. އަދި އަނބުރާ ފްލެޓަށް ވެސް އަންނަނީ ހިނގައިފައެވެ. ކޮންމެ ދުވަހަކު ޓެކްސީގައި ދަތުރުކުރުމަށް ފައިސާ ނެތުމުން މި ހާލުގައި އެ އާއިލާ އުޅެމުން އަންނައިރު މިހާތަނަށް ފޭސް ދޭކަށް ބަހުގެ ހިދުމަތެއް ނުފަށައެވެ. އަދި ފެށޭނެ ދުވަހެއް ވެސް ނޭނގެއެވެ.
ފޭސް ދޭކަށް މިހާތަނަށް ބަހުގެ ހިދުމަތް ފަށާފައިނުވި ނަމަވެސް އެތަނަށް ގާތްގަނޑަކަށް 60 އެއްހާ އާއިލާ މި މަހުގެ ތެރޭގައި ބަދަލުވެ، ދިރިއުޅެމުން އެބަދެ އެވެ. ބަހުގެ ހިދުމަތް ނުފެށި ލަސްވުމަކީ ފްލެޓުގައި އުޅޭ މީހުންގެ ކަންބޮޑުވުމެކެވެ.
ކޮމެންޓު ފޮނުވާ