އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެންޕިއަންޝިޕްގައި ވާއްދަކުރާ ދިވެހި ޤައުމި ފުޓުބޯޅަ ޓީމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކާމިޔާބަށް އެދިވަޑައިގެންފިއެވެ.
ސާފްޗެންޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ޓީމަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ބޭފުޅުންނާއި، އާންމު ބޭފުޅުންވެސް ދަނީ ކާމިޔާބަށް އެދެމުންނެވެ. ޤައުމީ ޓީމަށް ކާމިޔާބަށް އެދި ޤާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަބަދުވެސް ހެޔޮ ދުޢާ ވާނީ ދިވެހި ގައުމީ ޓީމާއި އެކުގައި ކަމަށެވެ. އަދި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރަން ނިންމާފައިވާ ޝިއާރެއް ކަމުގައިވާ 'ތިންވަނަ ފަހަރު، މިއީ އެފަހަރު ޝިއާރު' ބޭނުން ކުރައްވާ ގާސިމް ވަނީ މާތް ﷲ ގެ އިރާދަފުޅުން ތިންވަނަ ފަހަރަކަށް މިފަހަރު ވާނެކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދިވެހި ޤައުމީޓީމާއި އެކު، الله އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު. pic.twitter.com/O8Ej9CNY2P
— Qasim Ibrahim (@qasimibrahim) September 28, 2021
މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ކުޅޭނީ ނޭޕާލް އާއި ދެކޮޅަށެވެ. އެއީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރެއެވެ. މެޗް-ޑޭ 1 ގެ މެޗުތަކަށް ޓިކެޓް ވިއްކުން މިއަދު ފަށާއިރު މިއަދު ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުގެ ޓިކެޓުވެސް ވިއްކާނެއެވެ.
މިފަހަރުގެ މުބާރާތުގެ މެޗުތަކަށް ޓިކެޓު ވިއްކާނީވެސް އަދި ދަނޑަށް ވަދެވޭނީވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާކަން ހާމަކޮށްދޭ ކާޑު ގެނައުމުންކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ