ޕީޕީއެމްގެ އިންތިޚާބުތަކުގައި ކައުންސިލަރު ނަހުލާއަށް ވާދަނުކުރެވޭ ގޮތް ހަދައިފި

ޕީޕީއެމްގެ އިންތިޚާބުތަކުގައި ކައުންސިލަރު ނަހުލާއަށް ވާދަނުކުރެވޭ ގޮތް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2021 04:09
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް އިންތިޚާބެއްގައި އެޕާޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ އަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފިއެވެ.

ނަހުލާ އާއިމެދު އެޕާޓީގ ސްލޫކީ ކޮމެޓީން ފިޔަވަޅު އަޅާފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. އޭނާއާއިމެދު ފިޔަވަޅު އަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އޭނާ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް އަމަލުކުރެއްވުމުންނެވެ.

ޕީޕީއެމުން 2024 ވަނަ އަހަރުގެ ނިޔަލަށް ބާއްވާ އެއްވެސް އިންތިހާބެއްގައި ނަހްލާ އަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަން ޕީޕީއެމުން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

ޕީޕީއެމުން ނަހްލާ އަށް ފިޔަވަޅު އަޅާފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އޭނާ އަމަލުކުރެއްވި ކަމަށް ނިންމުމަށްފަހުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.