އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނަކުރި 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާތީ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ހިއްސާކުރެވެން ނެތް ކަމަށެވެ.
ދެކުނުގެ އަތޮޅެއްގައި އިންޑިއާ ޓީޗަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް މިހާރު ވަނީ ފެންމަތިވެފަ އެެވެ. އެ މައްސަަލައިގައި ތުހުމަތުކުރެވޭ ޓީޗަރު މިހާރު ހުރީ 30 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ތަފްސީލްތައް އާއްމު އުސޫލުން ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންކަމުން މިމައްސަލައިގެ ވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ