ޖަރުމަނުގައި އާ ޗާންސެލަރއަކު އިންތިޚާބު ކުރުމަށް ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

ޖަރުމަނުގައި އާ ޗާންސެލަރއަކު އިންތިޚާބު ކުރުމަށް ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

Author
ހުސެއިން
26 ސެޕްޓެމްބަރ 2021 06:16
0

ޖަރުމަނު ވިލާތުގައި އާ ޗާންސެލަރަކު އިންތިޚާބުކޮށް، އަދި އެގައުމުގައި އާ ސަރުކާރެއް އިންތިޚާބު ކުރުމަށްޓަކާ އެގައުމުގެ އެތައް މިލިއަން ރައްޔިތުން މިއަދު ވޯޓު ލާން ފަށައިފިއެވެ.

ޖަރުމަނު ވިލާތުގައި ބޭއވިގެންދާ މިއިންތިޚާބަކީ، 1990ވަނަ އަހަރު ދެޖަރުމަނު އެއް ގައުމެއްގެ ގޮތުގައި އެކުލެވުނުފަހުން އެގައުމުގައި ބޭއްވިގެންދާ ފުރަތަމަ އިންތިޚާބެވެ. އަދި މި އިންތިޚާބުގައި، ޖަރުމަނުގައި ފާއިތުވެދިޔަ 16 އަހަރު ވެރިކަންކޮށް، އަދި މުޅި ޔޫރަޕްގެ އިތުބާރު ލިބިގެންވާ ވެރިއެއްގެ ގޮތުގައި ހުންނެވުމަށްފަހު މިއިންތިޚާބުގައި ވާދަނުކުރާތީ، ޖަރުމަނު ވިލާތުގެ ލީޑަރެއްގެ ގޮތުގައި މުސްތަގުބަލުގައި ހުންނަވާނޭ ފަރާތެއް އިންތިޚާބު ކުރެވިގެންދާނެއެވެ.

ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓެއިންމިއަރވަނީ، ޖަރުމަނުގެ ރައްޔިތުން މި އިންތިޚާބުގައި ވޯޓުލާން ނިކުމެ އެމީހުންގެ ބަސް އިއްވާދިނުމަށް ހުރިހާ ރައްޔިތުންނަށްވެސް ގޮވާލައްވާފައެވެ.

މިއިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފަހު ހަފްތާގައި ނެގިފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ސޯޝަލް ޑިމޮކްރޭޓުން (SPD) އުޅެނީ، މިހާރުގެ ޗާންސެލަރ މާރކެލްގެ ކްރިސްޓިއަން ޑިމޮކްރަޓިކް ޔޫނިއަން (CDU) އާއި އަދި މި ޕާޓީގެ ސިސްޓަރ ޕާޓީ ބެވޭރިއަން ކްރިސްޓިއަން ސޯޝަލް ޔޫނިއަން (CSU)އަށްވުރެ ކުޑަ ތަފާތަކުން ކުރީގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.