އިކްރާމް ތުހުމަތު ކުރައްވަނީ ޣައްސާނާއި އެދާއިރާގެ ރައްޔިތުންނާއި ގުޅުމެއްނެތްކަމަށް

އިކްރާމް ތުހުމަތު ކުރައްވަނީ ޣައްސާނާއި އެދާއިރާގެ ރައްޔިތުންނާއި ގުޅުމެއްނެތްކަމަށް

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2021 06:16
0

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ތ.ގުރައިދުއަށް ވަޑައިގަތުމަށްފަހު، އެރަށުގެ ކައުންސިލާއި، ރައްޔިތުންނާއި ބައްދަލުވުމުން މެމްބަރު ޣައްސާނާއި، ރައްޔިތުންނާއި ގުޅުންނެތްކަމަށް ތުހުމަތު ކުރައްވައިފިއެވެ.

މެމްބަރު އިކްރާމް ވަނީ ގުރައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި، ބައެއް ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމަށްފަހު އިކްރާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކައުންސިލުންވެސް އަދި ރައްޔިތުންވެސް ބުނެފައިވަނީ މެމްބަރާއި ނުގުޅޭކަމަށެވެ. އަދި ބައްދަލު ކުރަންވެސް އުދަގޫތަކެއް ހުރިކަމަށެވެ. ގުރައިދޫ ރައްޔިތުން ތިބީ ރައީސް ޞާލިހު ކޮށްދެއްވާ ތަރައްޤީގެ ކަންކަން ބަލައިގަނެ އުފަލުންކަމަށް އިކްރާމް ވިދާޅުވިއެވެ.

ތ.ގުރައިދޫ ކައުންސިލާއި، ރައްޔިތުން ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި އެއްގޮތަކަށްވެސް ބައްދަލުނުވާ ވާހަކައާއި ނުގުޅޭ ވާހަކަ ވަރަށް ހިތާމައާއިއެކު ކިޔައިދެއްވި. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތައް އުފަލާއިއެކު ފާހަގަކުރެއްވި.

– އިކްރާމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އިކްރާމްގެ ވާހަކަތަކަށް ގުރައިދޫ ދާއިރާގެ ކައުންސިލް މެމްބަރަކު ވަނީ އެޓުވީޓުގައި ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޣައްސާނާއި ބަރާބަރަށް ގުޅުން އޮންނަ ކަމަށާއި، އިކްރާމް ދެއްކެވި ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫންކަމަށެވެ. އަދި އޭނާ ވަނީ ކޯވިޑްގެ ތެރޭގައިވެސް ޣައްސާންގެ ފަރާތުން ލިބުނު އެހީތެރިކަން ޝުކުރުވެރި ކަމާއިއެކު ފާހަގަކޮށްފައެވެ.

އިކްރާމްގެ ވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި އިކްރާމް އެހެން ދާއިރާތަކަށް ވަޑައިގެން ކަންކަން އޮޅުން ފިލުވުމަށްވުރެއް އަމިއްލަ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ކަންކަން ހުރި ގޮތް އޮޅުން ފިލުވުން މާ އައުލާންބޮޑުކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.