އިއްޔެ ބޭއްވި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ފެކްޝަނުން ހޯދި ކާމިޔާބީއަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ޞާލިހަށް ތާއީދުކުރާ ކެނޑިޑޭޓުންވަނީ ބޮޑުތަނުން ކުރި ހޯއްދަވާފައެވެ. އިންތިޚާބުގެ ކުރިންވެސް އެންމެބޮޑަށް ވާހަކަ ދެކެވުނު އެއްވާހަކައަކީ ބަރުލަމާނީ ނިޒާމުގެ ވާހަކައެެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ތެރެއިން އެމްޑީޕީއާއި، ވާދަވެރި ޕާޓީތަކުން ދިޔައީ ގޮވާލަމުންނެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބާއި ގުޅިގެން އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވިސްނުމެއް ނޫންކަމަށެވެ. މިވިސްނުމާއި، މިފިކުރު ގެންގުޅެމުންދަނީ، ރައްޔިތުންގެ ތާއީދު ނެތް ބޭފުޅުންކަމަށެވެ. ބަރުލަމާނީ ނިޒާމު ޕްރޮމޯޓް ކުރާ ފަރާތްތަކުން ކުރާ މަސައްކަތަކީ، ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ނާދެވޭނެކަން ޔަގީންވުމުން، އެނޫން ގޮތަކުން ނަމަވެސް ވެރިކަމަށް އާދެވޭނެ ގޮތެއް ފަހިކުުންކަމަށެވެ. ނަމަވެސް އެޖާގަ ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ ބަރުލަމާނީ ނިޒާމެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ޕްރޮމޯޓް ކުރަމުންދަނީވެސް ބަރުލަމާނީ ނިޒާމެވެ. ނަމަވެސް ރައީސް ޞާލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުން ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރައްވައެވެ.
ކޮމެންޓު ފޮނުވާ