މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ: ސިފާ

މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ: ސިފާ

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2021 08:47
0

އިއްޔެ ނިމުނު އިންތިޚާބުން މާލެ ސިޓީގެ ރައްޔިތުންގެ ވިންދު ސާފުވެއްޖެ ކަމުގައި މާލެ ދާއިރާގެ ރައީސްކަމަށް އިންތިޚާބު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ދާއިރާގެ ރައީސްކަމަށް ސިފާ އިންތިޚާބުވީ އަކްރަމް ކަމާލުއްދީނާއި ވާދަކޮށެވެ. އަކްރަމް އަށް މި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ދީފައިވަނީވެސް އޭނާއަށް ވާދަކުރެވޭނެކަމަށް ނިންމާފައި ވަނިކޮށް އެނިންމުން އަނބުރާ ގެންގޮސް އެމައްސަލަ އިސްތިއުނާފު ކުރުމުންނެވެ. އަކްރަމް ކުރިމަތިލީ އިރުވެސް އޭނާއަށް ބޮޑެތި ތުހުމަތުތަކެއް އެމްޑީޕީ މެމްބަރުން ދިޔައީ ކުރަމުންނެވެ. ޚާއްސަކޮށް މަޖިލިސްގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ދިޔައީ މިތުހުމަތު އޭނާއަށް ކުރަމުންނެވެ.

މާލެ ދާއިރާގެ ރައީސްކަން ކާމިޔާބު ކުރި ސިފާއަކީ ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އަނަސް އަބްދުއްސައްތާރާއި ބާދަކޮށް ބަލިވި ބޭފުޅެކެވެ. މި އިންތިޚާބު ކާމިޔާބުވުމާއި ގުޅިގެން މާލެ ދާއިރާގެ ރައްޔިތުންގެ ވިންދު ސާފުވިކަމަށް ސިފާ ވިދާޅުވުވި ވިދާޅުވުމަކީ އެމްއެމްޕީއާރުސީގެ މައްސަލައަށް އިޝާރާތްކޮށް ވިދާޅުވި އެއްޗެއްކަމަށް ބެލެވެއެވެ.

މާލެ ސިޓީ ރައްޔިތުން ދެއްވި ތާއީދާއި، އިތުބާރަށް ފަށްފަށުން ޝުކުރިއްޔާ. މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ. އަޅުގަނޑު މިހިރީ ބާރަށް ކުރިއަށްދާން.

– ސިފާ ވިދާޅުވިއެވެ.

އަކްރަމަކީ މިހާރުވެސް މާލެ ދާއިރާގެ ރައީސްއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފާހަގަކުރާގޮތުގައި އެމްޑީޕީ މާލެ ދާއިރާގެ ރައީސްކަމަށް އަކްރަމް ހުންނަވައިގެން އެއްވެސް ނަތިޖާއެއް ފެނިފައެއް ނުވެއެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި ދާއިރާގައި އެއްވެސް ބައްދަލުވުމެއްވެސް ބާއްވާފައިނުވާކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ނަޝީދު ފެކްޝަނާއި ރައީސް ޞާލިހްގެ ފެކްޝަންގެ މެދުގައި އަންނަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ. ސިފާއަކީ ރައީސް ނަޝިދު ފެކްޝަންގެ ބޭފުޅެކެވެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
އަންނިގެ ބަރުލަމާނީ ފިކުރަށް މާލެއިން ތާއީދުކުރީ ޑްރަގްވަބާގެމީހުންނާއި އިސްލާމްދީނަށް ފުރަށްސާރަކުރާމިހުން ވަރަށް ވަރަށްސާފް