އަލިފުށި ދާއިރާގެ ރައީސްކަން ހަސަންޓޭ ބަލިކޮށް ބިގޭ ކާމިޔާބުކޮށްފި

އަލިފުށި ދާއިރާގެ ރައީސްކަން ހަސަންޓޭ ބަލިކޮށް ބިގޭ ކާމިޔާބުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2021 08:16
0

އެމްޑީޕީގެ ދާއިރާ އިންތިޚާބުގައި އެންމެ ވާދަވެރިވާނެކަމަށް ބެލުވުނު އެއް ދާއިރާ ކަމުގައި އަލިފުށި ދާއިރާގެ ރައީސްކަން އިނގުރާދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އާއި ވާދަކޮށް އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ކާމިޔާބު ކުރައްވައިފިއެވެ.

ބިގޭ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ. މިއީ މިފަހަރުގެ އިންތިޚާބުގައި މަޖިލީހުގެ ދެ މެމްބަރަކު އެއްދާއިރާއަަކށް ވާދަކުރި ހަމައެކަނި ދާއިރާއެވެ. މިދެބޭފުޅުންގެ ތެރެއިން ބިގޭއަކީ ރައީސް ޞާލިހުގެ ކެނޑިޑޭޓެކެވެ. އަދި ހަސަންޓޭ އަކީ ރައީސް ނަޝީދަށް ތާއީދުކުރާ ކެނޑިޑޭޓެކެވެ.

އަލުފުށީ ދާއިރާގެ އިންތިޚާބު ބިގޭ ކާމިޔާބު ކުރުމާއި ގުޅިގެން ގިނަބަޔަކު ދަނީ އޭނާއަށް މަރުހަބާ ދަންވަމުންނެވެ. އިންތިޚާބުގެ ނަތީޖާތައް ދައްކަމުންދާ ގޮތުން ރައީސް ޞާލިހަށް ތާއީދުކުރާ ގިނަ ކެނޑިޑޭޓުންތަކެއް ދަނީ އިންތިޚާބު ކާމިޔާބު ކުރަމުންނެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ވަރަށް ފޯރީގައި ކުރިއަށްދިޔަމި އިންތިޚާބުގެ ވޯޓު ލުން ނިމި މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ. އަދި ބައެއް ދާއިރާތަކުގެ ނަތިޖާ މިހާރު ވަނީ އިއުލާންކުރަން ފަށާފައެވެ.

އެމްޑީޕީން ބުނީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކޮށްކަމަށެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެއް އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.