އެމްޑީޕީގެ ދާއިރާ އިންތިޚާބުގައި ވޯޓުލުން ކުރިއަށް، ގިނަ ބަޔަކު ވަނީ ވޯޓުލާން ނިކުމެފަ، ފޮޓޯ: ސޯޝަމް މީޑިއާ

ބައެއް މަރުކަޒުތަކުގައި ވޯޓުލުން ނިމޭނީ އިރުއޮއްސި 6 ޖަހާއިރު: އެމްޑީޕީ

ބައެއް މަރުކަޒުތަކުގައި ވޯޓުލުން ނިމޭނީ އިރުއޮއްސި 6 ޖަހާއިރު: އެމްޑީޕީ

މިއަދު ކުރިއަށްދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ބައެއް މަރުކަޒުތަކުގައި ވޯޓުލުން ނިމޭނީ އިރުއޮއްސި 6 ޖަހާއިރުކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނެފައިވަނީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން، މިއަދު، މުޅި ރާއްޖޭގައި ހިނގަމުންދާއިރު، ދިމާވި އެކިއެކި ސަބަބާ ހުރެ، ވޯޓު ނެގުން، މެންދުރު 12:00 ގެ ފަހުން ފެށުނު ތަންތަނުގެ ވޯޓު ލުން ނިމޭނީ 18:00 ގައި ކަމަށެވެ.

ވޯޓުލުން 12 ގެ ފަހުން ފެށުނު މަރުކަޒުތަކުގައި، ގަޑިން 17:00 ގައި، ކިޔޫގައި މީހަކު ނެތަސް، ބަންދުނުކޮށް 18:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ. އަދި އެ މަރުކަޒުތަކުގައި، 18:00 ވާއިރު، ކިޔޫގައި މީހުން ތިބިނަމަ، އެ މީހުން ވޯޓުލައި ނިމެންދެން ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިއިންތިޚާބުގައި 3 ރަށެއްފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ، އެރަށެއްގެ ސްކޫލުގައެވެ. މާލެ ސިޓީ ހިމެނޭ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާނީ 15 ސްކޫލެއްގެ އިތުރުން ސޯޝަލް ސެންޓަރުގައެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެއް އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ.

މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *