ވާދަވެރިކަން ބޮޑު އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

ވާދަވެރިކަން ބޮޑު އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2021 10:07
0

ވާދަވެރިކަން ބޮޑު އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5 ޖަހާއިރުއެވެ. މި އިންތޚާބުގެ ވޯޓުލުން ކުރިއަށްދަނީ 3 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުގައެވެ. އަދި މާލޭގައި 15 ސްކޫލެއްގެ އިތުރުން ސޯޝަލް ސެންޓަރުގައެވެ.

އެ ޕާޓީއިން މިހާރު ވަނީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާފައެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.  އަދި މިއިންތިޚާބަކީ ދެބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރެވޭ ހަނގުރާމައިގެ ނިމުންކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.