ހިޔާ ފްލެޓުގައި ސީސީޓީވީ ކެމެރާ ހަރުކުރާނެ ބަޔަކު ހޯދަނީ

ހިޔާ ފްލެޓުގައި ސީސީޓީވީ ކެމެރާ ހަރުކުރާނެ ބަޔަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2021 11:30
0
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓުގައި ހަރު ކުރާނެ ސީސީޓީވީ ކެމެރާ ހޯދައި، އެ ހަރު ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ހިޔާ ފްލެޓަށް ހާއްސަކޮށް ކެމެރާ ސިސްޓަމް ޑިޒައިންކޮށް ހަރުކޮށް ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން އެދޭކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭގައި ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އެޅިއެވެ. ނަމަވެސް ރައީސް ސޯލިހް ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯއިން 200 އަށްވުރެ ގިނަ ފްލެޓް ތަޅާލާފައެވެ. އެއީ އެތަންތަނުގައި ވިޔަފާރިތަކާއި ބައެއް އަސަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ތަންތަން ހެދުމަށެވެ. ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އެކަންކަން ކުރުމަށް އިތުރު އިމާރާތްތަކެއް ހިޔާ ފްލެޓްތައް ކައިރީގައި އިމާރާތް ކުރާށެވެ.

ހިޔާފްލެޓުގެ ޓަވަރުތަކުގައި މީހުން ދިރިއުޅުން ފަށާފައި ވާއިރު، އެތަނުގައި 35،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާ ކުރެވެ އެވެ. އެހެންވެ މި ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާ ފްލެޓްތަކުގައި ކެމެރާ ހަރުކުރަން މިހާރު އެޗްޑީސީ އިން އިއުލާން ކޮށްފައި ވާއިރު އެތަނުގައި މިހާރު ވަނީ މީހުން ދިރިއުޅެން ވެސް ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.