ކުރީގެ އޭސީސީގެ ގިނަ މެމްބަރުން އެއްފަހަރާ އިސްތިއުފާ ދީފައިވަނީ މަގާމުން ވަކި ކޮށްފާނެކަމުގެ ބިރަށް

ހޯދަން އެދުނީ 29 މިލިޔަން ރުފިޔާ، ލިބުނީ 11،000 ރުފިޔާ

ހޯދަން އެދުނީ 29 މިލިޔަން ރުފިޔާ، ލިބުނީ 11،000 ރުފިޔާ

މިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދުމަށް ސަރުކާރުގެ އިދާރާތަކުގައި އެދިފައިވާ 29 މިލިއަން ރުފިޔާގެ ތެރެއިން, އަނބުރާ ލިބިފައި ވަނީ 11 ހާސް ރުފިޔާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޮމިޝަނުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާގޮތުން، އަށް މައްސަލައެއްގައި ދައުލަތަށް 29،158،155 ރުފިޔާ ލިބެންޖެހެއެވެ. އެކަމަކު އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 11،000ރުފިޔާއެވެ.

މީގެ އިތުރުން، އޭސީސީން މިދިޔަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ފައިސާ ހިމެނެނީ ހަތް މައްސަލައެއްގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 197 މިލިއަނަށް އަރައެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާގެ އަަދަދު ހަތަރު ލައްކައަށް އަރައެވެ.

ނަމަވެސް އެ މައްސަލަތަކާ ގުޅިގެން ޝަރީއަތް މެދުވެރިކޮށް މިހާތަނަށް ދައުލަތަށް އަނބުރާ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށް އޭސީސީގެ ތަފާސްހިސާބުން ދައްކައެވެ. އޭސީސީގެ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރާ އަޅާ ބަލާ އިރު، މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ 25 ޕަސެންޓު ދަށްވެފައިއެވެ. އަދި އެ ބަދަލު އައީ ކޮވިޑް-19ގެ ސަބަބުން ގައުމު ފުރަބަންދު ކުރުމުން ކަމަށް އެ ކޮމިޝަނުން ލަފާ ކުރިއެވެ.

ރިޕޯޓުގައި ބުނީ މިދިޔަ އަހަރު 938 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކުރި ކަމަށެވެ. އޭގެ ތެރެއިން ޕީޖީ އޮފީހަށް ފޮނުވަން ނިންމީ އެންމެ 10 މައްސަލަ އެވެ. އެކަމަކު، 15 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއިރު، 15 މައްސަލައެއް ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ.

އެ މައްސަަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ ރަށްރަށުގެ ކައުންސިލްތަކަށެވެ. އެ ކައުންސިލްތަކާ ގުޅޭ 243 މައްސަލައެއް ހުށަހެޅިއިރު، ދެ ވަނައަށް އެންމެ ގިނައީ ސަރުކާރު ކުންފުނިތަކާ ދެކޮޅަށް ހުށަހެޅި މައްސަލަތަކެވެ. އެފަދަ 204 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނައިން ރިޕޯޓުކުރީ ހެލްތު މިނިސްޓްރީއަށް ރައްދުވާ މައްސަލަތަކެވެ.

އޭސީސީން މިދިޔަ އަހަރު ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 333 މައްސަލައެއް ނިންމާފައިވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *