އައްޑޫ މާރާމާރިއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ މާރާމާރިއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
22 ސެޕްޓެމްބަރ 2021 12:03
0

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ.

މިދިޔަ ހުކުރުދުވަހު އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. އަދި އެރޭ އައްޑޫ ސިޓީގައި ދެވަނަ މާރާމާރީއެއް ވެސް ހިންގާފައިވެއެވެ. އެ މާރާމާރީގައި ސައިކަލެއްގައި ދިޔަ، އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް ހަމަަލަދީ ޒަހަމްކޮށްލާފައިވެއެވެ. ނަމަވެސް އެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.