ރައީސް ސާލިހު ޔޫއެން ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަނީ

ހުރިހާ މާނައެއްގައި، އަދި ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރި ކުރަން: ރައީސް

ހުރިހާ މާނައެއްގައި، އަދި ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރި ކުރަން: ރައީސް

ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާ ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ ލިސްޓްގެ އެންމެ ކުރި ހޯދަނީ ޓެރަރިޒަމް ކަމުގައި ވިދާޅުވަމުން، ހުރިހާ މާނައެއްގާ އަދި ހުރިހާ ސިފައެއްގައިވެސް ދިވެހިރާއްޖެއިން ޓެރަރިޒަމް ކުށްވެރިކުރާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިގޮތަށް ވިދާޅުވެފަައިވަނީ، އދ.ގެ އާންމު އާންމު މަޖިލިހުގެ 76ވަނަ ބައްދަލުވުމުގައި މިއަދު ދިވެހިބަހުން ތަގުރީރު ކުރައްވަމުންނެވެ.

އާންމު މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން، ރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަޤީދާ ޤަބޫލްކުރާ ޤައުމެއް ކަމަށާއި، އެހެންނަމަވެސް، ހަރުކަށި ފިކުރުން މި ކުޑަ ކުޑަ ރާއްޖެވެސް ސަލާމަތެއް ނުވެވުނު ކަމުގައެވެ.

މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުކޮށްލަން ދިން ހަމަލާއަކީ ދިވެހި ބިމުގާ ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް. މިފަދަ ހަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގާ ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކެން އަޅުގަނޑުމެނެއް ނުތިބޭނަން.

– ރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާތެރިކަން ދުނިޔެއަށް ހާމަ ކޮށްދެއްވަމުން ރައީސް ވިދާޅުވެފައި ވެއެވެ.

އދ.ގެ އާންމު މަޖިލިހުގެ 76ވަނަ ޖަލްސާގައި ދިވެހިބަހުން ތަގުރީރު ކުރައްވަމުން ރައީސް ވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު ފުރިހަމައަށް އެއްބާރުލުންދީގެން ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެ ދެމި އޮންނާނޭކަމުގެ ޔަޤީންކަން ދުނިޔޭގެ ގައުމުތަކަށް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *