ކޮވިޑުން ރަނގަޅުވެ ސުޒޭން ގަތަރަށް

ކޮވިޑުން ރަނގަޅުވެ ސުޒޭން ގަތަރަށް

Author
ޔޫސުފް
21 ސެޕްޓެމްބަރ 2021 09:13
0

ކޮވިޑް 19 އިން ރަނގަޅުވެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޢަލީ ސުޒޭން ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕާއި ގުޅުމަށް ގަތަރަށް ހިނގައްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އައިސޮލޭޝަން މުއްދަތު ފުރިހަމަ ކުރުމަށްފަހު ސުޒޭން ގަތަރަށް ފުރީ ރޭގެ ވަގުތެއްގައެވެ.

ގައުމީ ފުޓްބޯޅަ ޓީމާއެކު ކޯޗު ސުޒޭނަށް ގަތަރަށް ދަތުރު ނުކުރެވުނީ ޓީމު ގަތަރަށް ފުރުމުގެ ކުރިން މާލޭގައި ހެދި ޕީސީއާރު ޓެސްޓް ޕޮޒިޓިވް ވުމުގެ ސަބަބުންނެވެ. އެހެންކަމުން އޭރު ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ސުޒޭން ގަތަރަށް ދަތުރުކޮށްފައެއް ނުވެއެވެ. ސުޒޭންގެ ބަދަލުގައި ވޭތިވި ދުވަސްތަކުގައި ޓްރެއިނިން ކޭމްޕްގައި ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިިޔަށް ގެންދިޔައީ އެސިސްޓަން ކޯޗު އިސްމާއިލް މަހުފޫޒްގެ ބެލުމުގެ ދަށުންނެވެ.

ގަތަރުގައި ރާއްޖޭގެ ގައުމީ ޓީމު މިހާރު ކުރިޔަށްގެންދާ ކޭމްޕުގެ ތެރެއިން އެ ގައުުމުގެ ދެ ކުލަބަކާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 5 ޤައުމު ވާދަކުރާއިރު، މުބާރާތް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެއެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހުގެ 1 އިން 16 އަށް ރާއްޖޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.