ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ކޮޅުވެެއްޓިއެއް ބަނޑުން ޖަހާލައިފި

ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ކޮޅުވެެއްޓިއެއް ބަނޑުން ޖަހާލައިފި

Author
މުޙައްމަދު ޝަޒައިމް
20 ސެޕްޓެމްބަރ 2021 08:50
0

ސިމެންތި ބަރުކޮށްގެން ކ.މާލެ އިން ފުރައިގެން ޅ.މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

35 ފޫޓުގެ މި ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ދަންވަރު 02:45 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ.މާފިލާފުށި ކައިރިންނެވެ. އަދި މިއަދު ހެނދުނު 06:51 ހާއިރު މި ކޮޅުވެއްޓި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

މާލެއިން ޅ.މާބިންހުރާއަށް 2 ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި  ތިބީ ބަންގްލަދޭޝްގެ 3 ފަޅުވެރިންނާ ދިވެއްސަކާއެވެ.

މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.