ވޯޓާސް ލިސްޓަށް ފާޑުކިޔާއިރު، ރޮޒޭނާއަކީ މެމްބަރޝިޕް ކޮމެޓީގެ މެމްބަރެއް: ޝިޔާން

ވޯޓާސް ލިސްޓަށް ފާޑުކިޔާއިރު، ރޮޒޭނާއަކީ މެމްބަރޝިޕް ކޮމެޓީގެ މެމްބަރެއް: ޝިޔާން

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2021 12:36
0

އެމްޑީޕީގެ ވޯޓާސް ލިސްޓަަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ފާޑުކިޔާއިރު، ރޮޒޭނާއަކީ އެމްޑީޕީގެ މެމްބަރޝިޕް ކޮމެޓީގެ މެމްބަރެއް ކަމުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި އެހެން ޕާޓީތަކުގެ މެމްބަރުންގެ ނަން އޮތް މައްސަލަ ރޮޒޭނާ ވަނީ ފާހަގަކޮށްފައެވެ.

ރޮޒޭނާގެ ވާހަކަތަކާއި ގުޅިގެން ޝިޔާން ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ކޮމެޓީގައި އިންނަވައިގެން ކަންކަން ހިނގާގޮތް ބެލުމެއްވެސް ނެތި ޒިންމާދާރުކަން ކުޑަކޮށް ވާހަކަ ދެއްކުމަކީ ޕާޓީގެ ކަންކަން ރޮޒޭނާއަށް ބެލޭވަރު ހާމަވާ ކަމެއްކަމަށެވެ.

ކަމަނާއަކީ މެމްބަރޝިޕް ކޮމެޓީގެ މެމްބަރެއް. ކޮމެޓީ މެމްބަރޝިޕްގެ ކަންކަން އޮޅުން ނުފިލާ އޮތުމަކީ ޕާޓީގެ މަސައްކަތްތައް، ދެއްވާ އަހައްމިއްޔަތުކަން ހާމަވާކަމެއް.

– ޝިޔާން ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ސަމާލުކަމަށް ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ހަސަން ޓެގު ކުރައްވައި ކުރެއްވި ޓްވީޓުގައި ވަނީީ އެމްޑީޕީގެ އިންތިޚާބުގައި އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވޯޓު ލެވޭތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވޯޓު ލެވޭނަމަ މިއީ ވަރަށް ޖޯކު ކަމެއްކަމަށެވެ. ރޮޒޭނާ ނިސްބަތްވާ މީދޫ ދާއިރާގެ އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރުގެ ނަން ވޯޓާސް ލިސްޓުގައި އޮތްކަމަށް ރޮޒޭނާ ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވާއިރު، ވޯޓާސް ލިސްޓުގެ ގިނަ ޝަކުވާތަކެއް ދަނީ ހުށަހެޅެމުންނެވެ. އެޕާޓީން އެންމެ ފަހުން ބޭއްވި ޕްރެސްގައި ހަސަން ވިދާޅުވީ، ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު ވޯޓު ލެވޭނީ އެމްޑީޕީގެ އިންތިޚާބުތަކުގައި ވޯޓުލުމަށް ޝަރުތު ހަމަވާ މެމްބަރުންނަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
މޑޕ މީހެނވެގެނނު ބަިވެރިވެފަފައެއޮތީ ޕޕ މެެހަކުބައިވެރިއެނނުވަަނެނު މޑޕ ކަންތަކު ރޮޒެަނާ އައެސީޔޫއަށް ދާކަން