މާނޭ ލިވަޕޫލަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ކްރިސްޓަން ޕެލަސް ބަލިކޮށް ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި މިރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލިވަޕޫލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ލިވަޕޫލް ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށެވެ. މި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ. މިއީ މަނޭ ލިވަޕޫލަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ. މަނޭ މި އަދަދަށް ލަނޑު ޖަހާފައި މި ވަނީ ލިވަޕޫލަށް ކުޅެދިން 223 މެޗުންނެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެން ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މުހައްމަދު ސަލާހްއެވެ. އަދި ލިވަޕޫލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ.
މި ނަތީޖާއާއެކު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއިއެކު ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އޮތީ 5 މެޗުން ލިބުނު 5 ޕޮއިންޓާއިއެކު ތާވަލުގެ 13 ވަނާގައެވެ.