ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހުން ދޫވުމަކީ، ރައީސް ނަޝީދުގެ މައްސަލައަށް އަސަރުކުރާނެކަމެއް: އެމްޑީޕީ

ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހުން ދޫވުމަކީ، ރައީސް ނަޝީދުގެ މައްސަލައަށް އަސަރުކުރާނެކަމެއް: އެމްޑީޕީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ޙައްޔަރުކުރެވޭ މީހުން ފަސޭހަކަމާއެކު ދޫވެގެންދާ ދިއުމަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާގެ މައްސަލައަށް ވެސް އެ ނަތީޖާގެ އަސަރު ފޯރަފާނޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ފާޅުކޮށްފިއެވެ.

އެމްޑީޕީން މި ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީނަށް ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައިނުވާތީ، އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާޠިލްކޮށް އޭނަ މިނިވަންކުރުމަށް ހައިކޯޓުން ޙުކުމް ކުރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ޓެރަރިޒަމްގެ އެންމެ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކުރެވި، ދަޢުވާ އުފުލޭ ގިނަ ފަރާތްތައް އާންމުގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމަޢުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއްކަމަށެވެ. އިޖުރާޢީ ނުކުތާއެއްގެ ޙުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުޙުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދަޢުވާ ނުވެސް އުފުލޭނޭ ގޮތަށްކަން ފާހަގަކުރެވޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މިގޮތުން އެންމެ ފަހުން، ދަޢުވާކުރެވެން ނެތްކަމަށް ބަޔާންކޮށް ދޫކޮށްލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައި.އެސް.) ގެ ލީޑަރުގެ ގޮތުގައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވެ، ހަނގުރާމައަށް ދިވެހިން ފޮނުވުމަށް ރެކްރޫޓްކޮށް، ހަނގުރާމައަށް ދިވެހިން ފޮނުވަމުންދާކަމުގެ ތުޙުމަތުގައި ޙައްޔަރުކުރެވި، ދަޢުވާއުފުލިފައިވާ މީހެކެވެ. އަދި އެނާ އަކީ ބޭރުގެ ޤައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކުންނާއި ވޮޗްލިސްޓްގައި ވެސް ފާހަގަކޮށްފައިވާ ފަރާތެކެވެ. އެހެން ނަމަވެސް އޭނާ ވެސް ދޫކޮށްލާފައިވަނީ، ތުޙުމަތުކުރެވޭ ކުށުގެ ސީރިއެސް ކަމާއި ހެއްކާއި ޤަރީނާގެ މައްޗަށް ބެލުމުގެ ތެރެއިން ނޫނެވެ. ނުވަތަ ހައްޔަރުގައި ބަހައްޓަންޖެހޭ ހެއްކާ ޤަރީނާ ނެތުމުގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެއާ ޚިލާފަށް އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާޢީ ޙުއްޖަތެއް ކަމަށްވާ، ހައްޔަރުކުރުމާ ގުޅޭ ދެ ޤާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެންނެވެ.

– އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީ ޕީން ބުނީ މިފަދަ ސީރިއެސް އަދި ބޮޑު ޓެރަރިޒްމްގެ މައްސަލައެއްގައި ޙައްޔަރުކުރެވުނު މީހަކު، މި ބާވަތުގެ ޤާނޫނީ ޙުއްޖަތެއްގައި ދޫވެދިއުމަކީ، ތަޙްޤީޤުކުރާ އިދާރާ ނުވަތަ ޕްރޮސިކިޔުޓަރ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ، ނުވަތަ ސީރިއެސް ވާންޖެހޭ މިންވަރަށް ޢަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކޭކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިޒަމުގެ ޙަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދަޢުވާތަކާއި އެމީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު އެޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމުގެ ނުރައްކަލާމެދު ޢަމަލުކުރުމުގައި ސަމާލުކަން ދިނުމުގައާއި ފަރުވާތެރިވުމުގައި އިޙްމާލުނުވުމަށާއި، ނުވަތަ ސީރިއެސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން އިލްތިމާސްކުރަމެވެ.

– އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން މިހެން ބުނެފައިވާއިރު، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީން މިނިވަން ކުރުމަށް ޙުކުމްކޮށްފައިވަނީ، ދަށު ކޯޓުގައި އުފުލާފައިވާ ދައުވާތައް ޝަރީޢަތުގެ ކުރިން އަމީންގެ ފަރާތުން ހުށައެޅި ހުށައެޅުންތަކެއް ބަލައިނުގަތުމަށް ނިންމުން ހައިކޯޓަށް ހުށައެޅުމުންވެސް ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށައަޅައި އެކޯޓުން ކުރި ޢަމުރަށް މައްސަލަ ބެލުމަސްފަހުއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.