ވެމްކޯއަކީ ދައުލަތުން ބޮޑު ޚަރަދެއްކުރާ ކުންފުންޏެއް، ފައިސާ ދައްކާކަށް ނުޖެހޭނެ: މުސްޠަފާ

ވެމްކޯއަކީ ދައުލަތުން ބޮޑު ޚަރަދެއްކުރާ ކުންފުންޏެއް، ފައިސާ ދައްކާކަށް ނުޖެހޭނެ: މުސްޠަފާ

Author
މުޙައްމަދު ޖިމީ
17 ސެޕްޓެމްބަރ 2021 11:29
0

ވެމްކޯއަކީ ދައުލަތުން ވަސީލަތްތައްދީ ބޮޑު ޚަރަދެއްކުރާ ކުންފުންޏެއްކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ އެކުންފުންޏަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭގެ ކުނި މެނޭޖުކުރުމުގައި މާލެ ސިޓީ ކައުންސިލާއި، ވެމްކޯއާ ދެމެދު ވަރަށް ބޮޑަށް ވަނީ ޚިޔާލުތަފާތުވެފައެވެ. ލެ ސިޓީގެ ކުނީގެ މައްސަލާގައި މާލެ ސިޓީ ކައުންސިލާއި، ވެމްކޯއާއި ދެމެދު ވަރަށް ބޮޑަށް މައްސަަލަ ގޯސްވެފައިވާ މިހާލަތުގައި ވެމްކޯއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކައުސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި އާއްމު ހިދުމަތްތަކުގެ އަގުތަކަށްވުރެ ކުޑަ އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާތަނަށް ގިނަ އަދަދެއްގެ ބިލުތައް ނުދައްކާ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ވެމްކޯއަށް ފާޑުވިދާޅުވެ މުސްޠަފާ ކުރެއްވި ޓްވީޓެއްގައި ވަނީ، ވެމްކޯއަށް ފައިސާ ނުދެއްކުމަށް ގޮވާލައްވާފައެވެ. އަދި އެކުންފުންޏަކީ ދައުލަތުން ވަސީލަތާއި ފައިސާ ޚަރަދުކުރާ ކުންފުންޏެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެމްކޯއަށް އެއްވެސް މީހަކު ފައިސާ ދައްކާނެ ކަމެއް ނެތް، ދައުލަތުން ދަނީ ވެމްކޯއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާ ފައިސާ ދެމުން. މަށެއް ފައިސާއެއް ނުދައްކަނަން!!

– މުޙައްމަދު މުސްޠަފާ

މާލޭގައި ރަޖިސްޓްރީނުކޮށް ހުރި ގެތަކުން ކުނިނެގުން ވެމްކޯއިން ހުއްޓާލުމާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނެގުމަށްފަހު އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓު ދޮރުމައްޗަށް ވަނީ ކުނި އަޅާފައެެ. ކޯވިޑް-19އާއި ގުޅިގެން ގޭބީސީތަކުން ކުނިނަގަމުން އައީ އެ ގެއެއްގެ ދިރުމަތިންނެވެ. ނަމަވެސް މިމަހު 15 އިން ފެށިގެން ގޭބީސީތަކުން ކުނިނަގަމުންދާނެކަމަށާއި، ރަޖިސްޓްރީނުކޮށް ހުރި ގޭބީސީތަކުގެ ކުނި ނުނަގާނެކަމުގެ އިންޒާރު ވެމްކޯއިން ދީފައިވެއެވެ. އަދި ރޭ ވަރަށް ގިނަ ގޭގެއިން ދޮރުމައްޗަށް ކުނިތައް ނެރެފައި ހުއްޓެވެ. ނަމަވެސް ވެމްކޯއިން އެކުނިތައް ނަގާފައިނުވުމުން، މާލެ ސާފުކޮށް، އެކުނިތައް ނެގުމަށް ނުކުތީ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން މާލޭގެ އެކިސަރަހައްދުތަކުން ކުނި ނެގުމަށްފަހު ވެމްކޯ ސައިޓަށް ގެންދިއުމުން ބާޖަށް ކުނި އެޅުމަށް ފުރުޞަތު ދިނެވެ. މިގޮތުން އެއްލޮރީގެ ކުނި ބާޖަށް އެޅުމަށްފަހު ދެވަނަ ލޮރީ ވެމްކޯގެ ސައިޓަށް ވަނުމަށް ހުއްދަ ދީފައިނުވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މިކަމާއި ގުޅިގެން ސިޓީ ކައުންސިލްގެ ކުނި ލޮރީވަނީ ވެމްކޯ ސައިޓް ދޮރުމައްޗަށް އަޅާލާފައެވެ. މި ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.