ފުލުހުންގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަންނަން ދަތި މަންޒަރުތަކެއް: މުހުތާޒް

ފުލުހުންގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަންނަން ދަތި މަންޒަރުތަކެއް: މުހުތާޒް

އައްޑޫ ސިޓީގައި މިއަދު ރައްޔިތުންތަކެއް އިހްތިޖާޖު ކުރާނެކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، ފުލުހުންގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަންނަން ދަތި މަންޒަރުތަކެއްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

އައްޑޫގައި ޢާންމުން މުޒާހަރާކޮށްފައިވަނީ ކުޑަކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާކުރި މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ގޮވާލާއެވެ. މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރިއެވެ. އަދި އޭގެ ފަހުން ވަނީ އެ ފުލުސް މީހާ ހައްޔަރުކޮށްފައެވެ.

ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވީ، މިމައްސަލާގައި ރައްޔިތުންތަކެއް މިއަދު އިހްތިޖާޖު ކުރާނެކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، ފުލުހުންގެ ފަރާތުން ފެނިގެންދިއައީ ބަލައިގަންނަން ދަތި މަންޒަރުތަކެއްކަމަށެވެ.

ޚަބަރު އޮންލައިނާއި ވާހަކަ ދެއްކި އައްޑޫ ސިޓީ މީހަކު ބުނީ މިމުޒާހަރާގައި އާންމުން ގޮވަމުންދިޔައީ، ޖިންސީ އަނިޔާކުރި ފުލުސް މީހާ ހައްޔަރު ކުރުމަށް ކަމަށެވެ. ނަމަވެސް ފުލުހުން އެކަންނުކޮށް ވަރަށް ގިނަ އާންމު މީހުންނަށް އަނިޔާދީ އެސަރަހައްދުން މީހުން ދުރައްޖައްސާފައި ވަކަމަށެވެ. ފުލުހުން ވަނީ ބާރުގެ ބޭނުން ކުރުމުގައި ޕެޕާސްރޭ އާއި، މުގުރުވެސް ބޭނުންކޮށްފައިކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.

މިހަމަ ނުޖެހުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ވާކަމަށެވެ އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާކަމަށެވެ.

ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ.

އައްޑު ސިޓީގައި މިއަދު ހަވީރު ފެށި މުޒާހަރާގައި އެސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކޭކުރާނި މިއޮޑްރަގަޅުސަރުކާރުން ތިހެންހަދަން ދޫކޮންލާފާނެބާލީޑަރުންނާ ބައެތް އިލްމުވެރިންނަކަންގަބޫލެއްނުކުރެވޭނެނު ތިބެވެނީ ހުރިހާހިތސުތައްނުކުޅެދިފާ

Leave a Reply

Your email address will not be published. Required fields are marked *