ސްޓެލްކޯއިން ގަބޫލު ކުރަނީ، ކަރަންޓާއި ހަކަތައާއި ގުޅުހުރި ދާރިއާއަކީވެސް އަންހެން ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ދާއިރާއެއް ކަމަށާއި، އަދި މިވަގުތު ސްޓެލްކޯ އޮތީވެސް ޖެންޑަރ އިކުއަލިޓީ (ޖިންސީ ހަމަހަމަކަން) ޕްރޮމޯޓްކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށް ސްޓެލްކޯގެ އެމްޑީ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުޢުނީ ވިދާޅުވީ ދާދިފަހުންވެސް ސްޓޭލްކޯއިން އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން އިލެކްޓްރީޝަން ކޯހެއް ހިންގާފައިވާނެ ކަމަށާއި، އެކޯހުގެވެސް މަގުސަދަކީ އަންހެން ބޭފުޅުން މިދާއިރާއެއް ނެރުން ކަމުގައެވެ.
މިގޮތުން، މިވަގުތު ކަރަންޓާ ހަކަތައާއި ގުޅުންހުރި ދާއިރާތަކުގައި އަންހެން ބޭފުޅުން މަދުވީމަ، އިތުރަށް އަންހެން ބޭފުޅުނަށް ތަމްރީން ދީގެން މިދާއިރާއަށް އަންހެން ބޭފުޅުން ނެރުމަކީ ސްޓެލްކޯގެ އަމާޒެއްކަމުގައި ވިދާޅުވަމުން، މުޢުނީ ވިދާޅުވީ، ސްޓެލްކޯއަކީ ކުންފުނީގައިވެސް އިސްކޮށް އަންހެން ބޭފުޅުން މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމުގައެވެ. މީގެތެރޭގައި ސީނިއަރ ޖެނެރަލް މެނޭޖަރުންގެ ލެވެލްގައި، އެންމެ އިސްކޮށްވެސް އަންހެންބޭފުޅުން ސްޓޭލްކޯގައި މަސައްކަތް ކުރަމުންދާ ކަމުގައި މުޢުނީ ވިދާޅުވިއެވެ.
މުޢުނީ އިތުރަށް ވިދާޅުވިގޮތުގައި މުސްތަގުބަލުގައިވެސް ކަރަންޓާއި ހަކަތައާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރުމުގައި، ވަކި ޖިންސަކަށް ތަފާތު ކުރުމެއްނެތި، ކެޕޭސިޓީ ހުރި ފަރާތެއް ކަމުގައިވާނަމަ ސްޓޭލްކޯއިން ދެކޭނީ އެއީ އެކީގައި މަސައްކަތް ކުރެވޭނޭ މުވައްފެއްގެ ގޮތުގައި ކަމުގައެވެ.
މިދެންނެވިހެން ޖެންޑަރ އިކުއަލިޓީ ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ ކުންފުންޏެއް ސްޓެލްކޯއަކީ މިވަގުތު.
– މުޢުނީ ވިދާޅުވިއެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއުނީ ވިދާޅުވި ގޮތުގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް ކާރިސާއާއު ގުޅިގެން ސްޓެލްކޯއަށްވެސް، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާންޖެހުނު ކަމުގައެވެ. އެހެންނަމަވެސް ސްޓެލްކޯއިން ފޯރުކޮށް ދެމުން އަންނަނީ ވަރަށް މުހިންމު އަސާސީ ޚިދުމަތަކަށް ވާތީވެ، ކޯވިޑި ކާރިސާގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެގެން ދިޔަ ދަތިތަކާ އެކުވެސް، ބިލް ނުދެއްކޭ ގެތަކުންވެސް ކަރަންޓް ކަނޑާނުލާ ސްޓެލްކޯއިން ޚިދުމަތް ދެމުން އައިސްފައިވާ ކަމުގައެވެ.
މުޢުނީ ވިދާޅުވި ގޮތުގައި މިގޮތުން، ފާއިތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯއަސްވެސް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި ގެއްލުންތައް ފޫބެއްދޭނެ ގޮތްތަކާއި ދޭތެރޭ ވިސްނާ، ކުންފުނިން ގޮތްތަކެއް ރާވަމުންދާ ކަމަށާއި، ކުންފުނީގެ އަމާޒަކީ އަދިވެސް ކާމިޔާބު ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ދެމެހެއްޓުން ކަމުގައެވެ.
މުއުނީ ވިދާޅުވި ގޮތުގައި، ލުއިފަސޭހަކަމާއެކު ރައްޔިތުންނާ ހަމަށް ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކާ ސްމާޓް މީޓަރު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ސްޓެލްކޯގެ އަމާޒެއްކަމަށާއި، ސްމާރޓް މީޓަރު ބޭނުން ކުރަން ފެށުމުން، އެމީހަކު ބޭނުންކުރަމުންދާ ކަރަންޓުގެ މިންވަރު ވަގުތުން ބަލާލުމުގެ ފުރިސަތު ރައްޔިތުންނަށް ތަނަވަސް ވެގެންދާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ