ބެސިކްޓާސްކް އަތުން ޑޯޓްމަންޑްއަށް އުނދަގޫ މޮޅެއް

ބެސިކްޓާސްކް އަތުން ޑޯޓްމަންޑްއަށް އުނދަގޫ މޮޅެއް

Author
އިބްރާހީމް ސާޢިދު
16 ސެޕްޓެމްބަރ 2021 01:30
0

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ތުރުކީގެ ބެސިކްޓާސްކް އަތުން ޖަރުމަނުގެ ބްރޫޝިޔާ ޑޯޓްމަންޑް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ޑޯޓްމަންޑް ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ދެލަނޑު ފުރަތަމަހާފްގައި ކާމިޔާބުކުރީ ޑޯޓްމަންޑްއިންނެވެ. ބެލިންހަމް ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 20 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިން އިރު ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ބެލިންހަމް ދިން ބޯޅައަކުން ކާމިޔާބު ކޮއްދިނީ އާލިން ހާލަންޑްއެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ކުޅުނު 17 މެޗުން އޭނާ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. މީގެ ކުރިން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ސަލްޒްބާގްއަށް ކުޅެފައެވެ. މި ގުރޫޕްގައި ރޭ އަޔެކްސް އާއި ސްޕޯޓިން ވާދަކުރި މެޗު 5-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އަޔެކްސްއެވެ. ރޭގައި މޯލްޑްވާގެ ޝެރިފް ޓްރެސްޕޯލް ވަނީ އެޓީމުގެ އަލަތު ޗެމްޕިއަންސް ލީގުގެ މެޗު ކުޅެފައެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޝެރިފް ޓެރެސްޕޯލް މެޗު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.