ދަނގެތި ކައުސިލްގެ ކުރީގެ ނާއިބު ރައީސް ރަމްޒީ އެމްއެންޕީއަށް

ދަނގެތި ކައުސިލްގެ ކުރީގެ ނާއިބު ރައީސް ރަމްޒީ އެމްއެންޕީއަށް

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2021 10:12
0

އދ.ދަނގެތި ކައުންސިލްގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ރަމްޒީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިއްޖެއެވެ.

އޭނާ ގުޅިވަޑައި ގަތުމުން އެމްއެންޕީން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި ރަމްޒީއަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް އެތައް މަސައަކަތްތަކެއް މިހާރުވެސް ކުރައްވަވާ ބޭފުޅެއްކަމަށް ވަނީ ބުނެފައެވެ. ރަމްޒީގެ ފޯމާއި ހަވާލުވީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއިއެވެ.

ރަމްޒީގެ އިތުރުން މިއަދުވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެޕާޓީއާއި ގުޅިފައެވެ. އެމްއެންޕީން ވަނީ އެޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް 5،000 މެމްބަރުންގެ ފޯމާއިއެކު ބުދަ ދުވަހު ހުށަހެޅުމަށް ނިންމާފައެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ. އެމްއެންޕީ އުފެއްދުމުގައި ނާޒިމާއި އުޝާމުގެ އިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ދަނީ ބައިވެރިވަމުންނެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ޓީމުތައް މިހާރު ގެންދަނީ އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.