މުސާރަ ބޮޑު ކުރުމަށް އެއްބަސް ވުމުން ޕައިލެޓުން އިހުތިޖާޖު ހުއްޓާލައިފި

މުސާރަ ބޮޑު ކުރުމަށް އެއްބަސް ވުމުން ޕައިލެޓުން އިހުތިޖާޖު ހުއްޓާލައިފި

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2021 12:07
0

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ކުޑަކޮށް، އިނާޔާތް ނުދޭ މައްސަލާގައި، ކުޑަކުރި މުސާރަ އިޔާދަކޮށްދީ، މުސާރަ ބޮޑު ކުރުމަށް އެއްބަސްވުމުން އިހުތިޖާޖު ނިންމާލައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކުގެ ކެޕްޓަނުން އިހުތިޖާޖުކޮށްފައިވަނީ ކޯވިޑައި ގުޅިގެން މުސާރައިން ބޮޑު އިންސައްތައެއް ކުޑަކޮށް މިއަދާއި ހަމަޔަށްވެސް އިޔާދަ ނުކޮށް ދިނުމުންނެވެ. އެވެ. ކޯވިޑާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަކޮށްނުދީގެން ޕައިލެޓުން ކުރިން ވަނީ މިއަދު ދަތުރުނުކުރަން ނިންމައިފައެވެ.

ޕައިލެޓަކު ބުނި ގޮތުގައި އައިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ރޭ ވަނީ ޕައިލެޓުންނާ އަނެއްކާ ވެސް ބައްދަލު ކުރައްވައި އަންނަ މަހުން ފެށިގެން މުސާރަ 80 ޕަސެންޓަށް ބަދަލު ކުރުމަށާއި ޖެނުއަރީން ފެށިގެން ހަމަ މުސާރަ އަށް އިއާދަކޮށްދޭން އެއްބަސްވެ ވަޑައިގެންފައެވެ.

މޯލްޑިވިއަންގެ ޕައިލެޓުންނާއި، ކްރޫއިން ކުރި އިހުތިޖާޖު ނިންމާލައިފައިވަނީ މެނޭޖްމަންޓުން މުސާރަ އިޔާދަކޮށްދޭނެކަމުގެ ޔަގީންކަން ދިނުމުންނެނެ. އަދި އެކަން ލިޔުމުންވެސް ދޭނެކަމުގެ ޔަގީންކަން މިހާރު ވަނީ ދީފައެވެ.

ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާނެކަމަށް ބުނެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާއާއިވެސް މިއަދު ޕައިލެޓުން ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.