ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ޕައިލެޓުންނާއި ބައްދަލު ކުރުމަށް ހަމަޖެހިއްޖެއެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ދިން ޕައިލެޓަކު ބުނެފައިވަނީ ރައީސް ޞާލިހު ޕައިލެޓުންނައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު 12 ޖަހާ އިރުކަމަށެވެ. ޕައިލެޓުންގެ ރައީސާއި ބައްލު ކުރަނީ މިއަދު މަސައްކަތް ހުއްޓާލައި ކުރަމުންދާ އިހުތިޖާޖު ބޭނުންވި ކަންކަން ހާސިލް ވުމުން ހުއްޓާލުމަށް ފަހުއެވެ.
ނަމަވެސް މޯލްޑިވިއަން ސީޕްލޭން ދުއްވަން މިވަގުތު ތިބީ 15 ޕައިލެޓުން ކަމަށްވާއިރު، އޭގެ ތެރެއިން މިހާރު 8 ޕައިލެޓުން ވަކިވެފައިވާއިރު، އިތުރު 3 ޕައިލެޓުން ވަކިވުމުންވެސް ކުންފުންޏަށް ދަތިނުވާނެކަމަށް މެނޭޖްމަންޓުން ބުނުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޑޭޝް 8 ދުއްވާ ޕައިލެޓުންވެސް މަސައްކަތް ހުއްޓާލުމާއި ހަމައަށް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އައިލެންޑް އޭވިއޭޝަންގެ އެމްޑީ، މިހާދު ވަނީ ޕައިލެޓުންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސްކޮށް، ކުރީގެ މުސާރަ ރުޖޫއަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، މުސާރަ ބޮޑުކޮށްދިނުން ލަސްވީ ކޮވިޑްގެ އުނދަގޫތަކާ ހެދި ކަމަށެވެ.
މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން ކުރިން ހުރި ވަރަށް ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން މިހާރު ވަނީ ދީފައެވެ.