ރައީސް ޔާމީންގެ 5 އަހަރަކީ ރަން ފަސް އަހަރު: ޣައްސާން

ރައީސް ޔާމީންގެ 5 އަހަރަކީ ރަން ފަސް އަހަރު: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2021 08:49
0

ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރަކީ ވެރިކަމުގެ ރަން 5 އަހަރުކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިސޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާންވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ މުހިއްމު ކަންތައްތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ މަސައްކަތްޕުޅު ވަރަށް ގާތުން ފެނިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުން ގައުމަށް ކުރިމަތިވި ބައެއް ކަންކަމުގައި ރައީސް ޔާމީންގެ މަސައްކަތްޕުޅު ހިއްސާކުރެއްވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަސްއަހަރު ރަން ފަސްއަހަރުގެ ގޮތުގައި ސިފަކުރައްވަނީ ވަރަށް ގިނަ ސަބަބުތައް ހުރެގެން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޚާރިޖީ އަދި ދާޚިލީ ވަރަށްގިނަ  ގޮންޖެހުންތައް ކުރިމަތިވި. މާލެއަށް ދިމާވި ފެނުގެ ކާރިސާގެ ވަގުތު ރައީސް ޔާމީން 24 ގަޑިއިރު ހޭފުޅު ލައްވާ ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ހައްލު ހޯއްދަވައި ދެއްވުމަށްޓަކައި މަސައްކަތްކުރެއްވި. ރާއްޖެއަށް ދުނިޔޭގެ އެކި ގައުމުތަކުން އެވަގުތު އެހީވި. ދުނިޔޭގެ މަސްރަހުގައި ތަފާތު ފިކުރުތަކުގެ ގައުމުތައް ރާއްޖެއަށް އެ ދަނޑިވަޅުގައި އެހީވި. އެކަމުން ދަލީލުކޮށްދެނީ ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން.

– ޣައްސާން ވިދާޅުވިއެވެ.

މިއަދު މިދައްކަމުންދަނީ ކޯވިޑް 19ގެ ވާހަކަ ކަމަށާއި މި ވަބާ މުޅި ދުނިޔެއަށާއި ޜާއްޖެއަށް ފެތުރިފައިވާ ކަމާއި ރައީސް ޠާމީންގެ ވެރިކަމުގައިވެސް މިފަދަ ބަލިމަޑުކަމެއް ފެތުރުކަނަށް ޣައްސާން ވިދާޅުވިއެވެ.

އެޗްވަން އެންވަން ކިޔާ ވައިރަސްއެއްގެ ބަލިމަޑުކަމެއް. އެދުވަސްވަރު ކޮންމެ ދުވަހަކު ހެލްތް މިނިސްޓްރީން އެބައްޔާ ގުޅިގެން ގައުމުގެ ހާލަތު ގެންނަވާ ރައީސުލްޖުމްހޫރިއްޔާ ސީދާ އެކަންކަން ބެއްލެވި ކަމުގެ އެއް ހެކި އަޅުގަނޑުމީ. ކޮންމެ ދުވަހަކު އަޅަންޖެހޭ ފިޔަވަޅުތައް ނިންމަވާ ހަރުދަނާ ކަމާއެކު އެމަސައްކަތް ތަންފީޒު ކުރެއްވި. އެހެންވެގެން އެ ބަލިމަޑުކަން ދިވެހިރާއްޖެއަށް އުރާދަކުރެއްވިއްޔާ ފެތުރިގެން ނުދިޔައީ.

– ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ ރަހަނުދެކޭ އެންމެ ރަށެއްވެސް ނެތް ކަމަށާއި މުޅިރާއްޖެ ތަރައްޤީ ކުރެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި ކަމަށް ޣައްސާން ވިދާޅުވިއެވެ. އެމަސައްކަތް ކުރެއްވީ ބޭރުން ފައިސާ ހޯއްދަވައިގެން ކަމަށާއި އެހެންނަމަވެސް އެއީ ރާއްވަވައިގެން ވަކި ހުދޫދެއްގެ ތެރެއިން ކަމަށް ޣައްސާން ވިދާޅުވިއެވެ.  ލޯނު ނަންގަވާނީ އެލޯނު ދެއްކެވޭނެ ގޮތް ހައްދަވާ، ވަކި މިންގަނޑެއް އިންޓްރެސްޓް ރޭޓުގެ ގޮތުގައި ހަމަޖައްސަވާފައި ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އެއަރޕޯޓާއި ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހިޔާ މަޝްރޫއަކީ ވެރިއަކު ރައްޔިތުންނަށްޓަކައި ޤައުމަށްޓަކައި ޚިދްމަތްކޮށްދެއްވަން ހިތްޕުޅުގައި ކަނޑައަޅުއްވައިގެން ކުރެއްވި ފަރުވާތެރިކަމާއި ރޭވުންތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ. "ބްރިޖްގެ ތަނބުތައް މައްޗަށް އަރާފައިހުރީ މުރަކަ ހެދޭ ގޮތަކަށް ނޫން. ދަރުމަވަންތަ ހޮސްޕިޓަލަކީ ގަހެއްގައި އެޅި މޭވާއެއްވެސް ނޫން.ހުރިހާ ރަށްތަކެއްގައި އެމަނިކުފާނު ހިންގެވި މަޝްރޫއުތަކަކީ ބިމުގައި ފެތުރޭ ވިނައެއް ނޫން." ޣައްސާން ވިދާޅުވިއެވެ. ނަމަވެސް މިއަދު މިފެންނަނީ މަސްއޫލިއްޔަތު އަދާނުކުރެވޭ ބަޔަކާ ގައުމުގެ ޒިއްމާ ހަވާލުކުރީމާ އެކަމުގެ ހިތި ނަތީޖާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.