މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑުގެ އެކްޓަރު ރަޖަތު ބޭދީގެ ކާރުން މީހެއްގެ ގައިގާޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.
މި މައްސަލައިގައި އެކްޓަރު ރަޖަތުގެ މައްޗަށް ދައުވާކޮށްފައި ވާއިރު އެމީހާ މަރުވެފައިވަނީ އެކްސިޑެންޓްގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮން މިދިޔަ ހަފްތާގައެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި އަނިޔާ ލިބުނު ރާޖޭޝް ބައުދު ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް ކޫޕަރ ހޮސްޕިޓަލުން ފުލުހުންނަށް ޔަޤީން ކޮށްދީފައިވީ ނަމަވެސް އަދި ރަޖަތު ހައްޔަރުކޮއްފައި ނުވާ ކަމަށެވެ.
މި އެކްސިޑެންޓް ހިގާފައިވަނީ މިދިޔަ ހޯމަދުވަހު އަނދޭރީގެ ފައްޅިއެއް ކައިރީގައެވެ. އެކްޓަރު ރަޖަތު ގެއަށް ދިއުމަށް ކުރި ދަތުރުމަތީގައި ހިގާފައި އައި މީހަކު ކުއްލިއަކަށް ކާރުގެ ކުރިމައްޗަށް އެރުމުން ރަޖަތުއަށް ބުރޭކްނުޖެއްސިގެނެވެ. އަނިޔާ ލިބުނު މީހާ އެންމެ ގާތުގައިހުރި ކޫޕަރ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޑީ އެން ނަގަރު ޕޮލިސް ސްޓޭޝަނަށް އެކްސިޑެންޑު ރިޕޯރޓު ކޮއްފައިވަނީވެސް ރަޖަތެވެ.
އެހެން ނަމަވެސް އަނިޔާ ލިބުނުފަރާތް މަރުވުމާއި ގުޅިގެން ޕޮލިހުންވަނީ އިންޑިއާގެ ޕީނަލް ކޯޑް ސެކްޝަން 297 އަދި ސެކްޝަން 338 ގެ ދަށުން އެކްޓަރު ރަޖަތާ ދެކޮޅަށް މައްސަލަ ފައިލް ކޮއްފައެވެ.