ފުރަތަމަ ފިޔަވަޅު އަޅަންވީ ގޭބަންދުގައި ހުރެ، ބެލްކަނީގައި ފެންކުޅި ކުޅުއްވި ބޭފުޅާއަށް: ހީނާ

ފުރަތަމަ ފިޔަވަޅު އަޅަންވީ ގޭބަންދުގައި ހުރެ، ބެލްކަނީގައި ފެންކުޅި ކުޅުއްވި ބޭފުޅާއަށް: ހީނާ

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 10:24
0

ރައީސް ޔާމީން ކުޑަދޮރުން ނިކުމެ ރައްޔިތުންނަށް ހަނާ އެޅުމުން ފިޔަވަޅު އަޅާނަމަ ފުރަތަމަ ފިޔަވަޅު އަޅަންވީ ގޭ ބަންދުގައި ހުންނަވައިގެން އީދު ދުވަހު ބެލްކަންޏަށް ނިކުމެ ފެންކުޅި ކުޅުއްވި ބޭފުޅުންނަށް ކަމުގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

އަހުމަދުގެ މިވާހައަށް ރައްދު ދެއްވަމުން ހީނާ ވިދާޅުވީ ރައީސް ޔާމީނާއިމެދު ފިޔަވަޅު އަޅާނަމަ އޭގެ ކުރިން ފިޔަވަޅު އަޅަންޖެހޭ މީހުން އެބަތިބިކަމަށެވެ. އެގޮތުން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޭބަންދަށް  ބަދަލު ކުރެއްވުމުން، ބެލްކަންޏަށް ނިކުމެ ވަޑައިގެން އީދު ދުވަހު ފެންކުޅި ކުޅުއްވި މައްސަލަވެސް ބަލަންޖެހޭކަމަށެވެ. އަދި ކުރީގެ ނާިއބް ރައީސް އަހުމަދު އަދީބް ގޭބަންދުގައި ހުންވައި ސިޔާސީ ޕާޓީއެއް އުފެއްދެވި މައްސަލަވެސް ބަލަންޖެހޭ ކަމަށެވެ.

ގޭބަންދުގައި ހުންނަވައިގެން އީދުގައި ބެލްކަންޏަށް ނުކުމެ ފެންކުޅި ކުޅުއްވި އިމްރާންއަށް ފުރަތަމަ ފިޔަވަޅު އަޅަންވީ ނޫންތޯ؟ ދެން ގޭބަންދުގައި ތިބެ ސިޔާސީ ޕާޓީ ހެދި މީހުންނަށްވެސް.

– ހީނާ ވިދާޅުވިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު "މޭޑޭ" މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 12 އަހަރަށް އިމްރާން ޖަލަށް ލާފައި ހުރި އިރު، އޭނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ރަމަޞާން މަހުގެ ތެރޭގައެވެ.

އިމްރާން އަކީ މިހާރުގެ ހޯމް މިނިސްޓަރެވެ. ކަރެކްޝަން ހިންގަމުންދަނީ މިނިސްޓަރ އިމްރާންގެ ބެއްލެވުމުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.