ޓުވިޓަރ ބޭނުންކުރާ ފަރާތްތަކަށް، އަމިއްލައަށް "ބޮޓުން"ގެ ގޮތުގައި ލޭބަލް ވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޕްރޮފައިލްގައި ބޭނުންކުރާނެ ޚާއްސަ ލޭބަލެއް ތައާރަފް ކުރުމަށް ނިންމާފައިވާކަން ޓުވިޓަރ އިން ހާމަ ކޮށްފިއެވެ.
ޓުވިޓަރއިން ބުނެފައިވަނީ، މި ފީޗަރ އާންމު ކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ، ހެދިފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޓުވިޓަރއިން ބުނެފައިވާ މި ދިރާސާއިން ހާމަވެގެން ގޮސްފައިވަނީ، އޮޓޮމެޓިކް ކޮށް ހިނގާ އެކައުންތަކުގެ ހަގީގަތް ދެނެގަތުމަށް ގިނަބަޔަކު ބޭނުން ވެއެވެ.
ޓުވިޓަރ ކުންފުނިންވަނީ، "ރަގަޅު ބޮޓް" އެކައުންޓް (އޮޓަމެޓިކުން ހިގާގޮތަށް ވަކިކަމަކަށް ޚާއްސަ ކޮށްފައި ހުންނަ ޓުވިޓަރ އެކައުންޓު)ތަކުގެ ބައެއް މިސާލުތަކެއްވެސް ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ވެކްސިނާބެހޭ ރަގަޅު މައުލޫމާތު ފަތުރާ އެކައުންޓްތަކާއި، ސީސްމިކް (ޖައްވީ ހަރަކާތްތައް) މައުލޫމާތުތައް އާންމު ކުރާ އެކައުންޓް ތަކާއި، އަދި އާންމު ދާރުލް އާސާރުތަކުގައި ހުންނަ ތަކެއްޗާގުޅޭ މައުލޫމާތު ފަތުރާ އެކައުންޓްތައް ޓުވިޓަރއިން ފާހަގަ ކޮށްފައި ވެއެވެ.
އެހެންނަމަވެސް، އެކުންފުނިން ބުނެފައިވަނީ، "ބޮޓް" އެކައުންޓެއްގެ ގޮތުގައި އަމިއްލައަށް ލޭބަލް ވުމަކީ ހޭންޑްލް އޮޕަރޭޓްކުރާ ފަރާތަށް މަޖުބޫރު ކަމަކަށް ވެގެނެއް ނުދާނެއެވެ.
ޓުވިޓަރއިން ބުނެފައިވަނީ، ކުރިޔަށް އޮތްތަނުގައިވެސް، އަސްލު ނޫންކަމަށް ބެލެވޭ، އަދި އެ ޕްލެޓްފޯމުގެ ގަވާއިދުތަކާއި އުސޫލުތައް މުގުރަމުންދާ އެކައުންޓްތައް ނައްތާލަމުން ދާނެއެވެ.
އާންމު ގޮތެއްގައި ބޮޓް އެކައުންޓަކަކީ ސޯޝަލް މީޑިއާގައި ނުރަގަޅު މައުލޫމާތު ފަތުރާ އެކައުންޓް ތަކެވެ. އަދި މިހާތަނަށް މި އެކައުޓްތައް ވެގެން ގޮސްފައިވަނީ ޓުވިޓަރގެ ވަރަށް ބޮޑު ބޮލުގެ ރިހުމަކަށެވެ.
ކާނެޖީ މެލޮން ޔުނިވަރސިޓީން ހަދާފައިވާ ދިރާސާއަކުން ފާއިތުވެދިޔަ އަހަރު ދައްކާފައިވާ ގޮތުގައި، ކޯވިޑް19 ކާރިސާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރާފައިވާ އެކައުންޓްތަކުގެ ދެބައި ކޮށްފަ އެއްބަޔަކީ، އޮޓޮމެޓިކުން ހިގާގޮތަށް ބޭނުން ކުރަމުންދާ އެކައުންޓްތަކެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ޓުވުޓަރއިން ވަނީ އެތައް މިލިއަން ބޮޓު އެކައުންޓްތަކެއް ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. އެހެންނަމަވެސް، ޓުވިޓަރއިން ދެކޭގޮތުގައި ބައެއް ބޮޓް އެކައުންތަކުގެ ސަބަބަން ދަނީ ރަގަޅު ފައިދާތަކެއްވެސް ކުރަމުންނެވެ. މިގޮތުން ޓުވިޓަރައިން ފާހަގަ ކޮށްފައިވާ ރަގަޅު އެއް ބޮޓް އެކައުންޓަކީ، ސެން ފްރަންސިސްކޯއަށް ބިންހެލުމެއްގެ އަސަރު ކުރާއިރަށް ޓުވީޓް ކުރާގޮތަށް ބޭނުން ކުރަމުން އަންނަ @earthquakesSF އެކައުންޓްވެ.
ޓުވިޓަރއިން ބުނެފައިވަނީ މި ފީޗަރ އެންމެ ފުރަތަމައަށް ތައާރަފް ކުރެވިގެން ދާނީ، މަދު އެކައުންޓްތަކަކަށެވެ. އަދި ފަހުން ގިނަ އެކައުންޓްތަކަށް ލޭބަލް ދޫކުރެވޭނެ ކަމަށެވެ.