ޑޭޝް-8 ގެ ކެޕްޓަނުންގެ މުސާރަ ބޮޑުނުކޮށްފިނަމަ ވަޒީފާއަށް ނުނިކުންނަން ނިންމައިފި

ޑޭޝް-8 ގެ ކެޕްޓަނުންގެ މުސާރަ ބޮޑުނުކޮށްފިނަމަ ވަޒީފާއަށް ނުނިކުންނަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 09:13
0

މޯލްޑިވިއަން ޑޭޝް-8 ދުއްވާ ޕައިލެޓުންގެ މުސާރަ ބޮޑު ނުކޮށްފިނަމަ ވަޒީފާއަށް ނުނިކުންނަށް ނިންމައިފިއެވެ.

މޯލްޑިވިއަން ޑޭޝް-8 ދުއްވާ ޕައިލެޓުންނާއި، ކުންފުނީގެ މެނޭޖްމަންޓާއިއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ކެޕްޓަނުންވަނީ މުސާރައަށް ބަދަލު ގެނައުމާއިމެދު ކުންފުނީގެ މެނޭޖްމަންޓަށް މުހުލަތެއް ދީފައެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހާއި ހަމައަށް މުސާރައާއި ގުޅޭގޮތުން އެއްވެސް ކުރިއެރުމެއް ލިބޭނެކަމަށް މެނޭޖްމަންޓުން ނާންގައިފިނަމަ، ވަޒީފާއަށް ނުނިކުންނާނެކަމަށް ވަނީ އަންގާފައެވެ.

މިރޭގެ ބައްދަލުވުމުގައި މެނޭޖްމަންޓުން މިކަމާއި ގުޅޭގޮތުން ދެއްވި ވާހަތަކުގެ މާބޮޑު ތަފްސީލެއް ލިބިފައިނުވެއެވެ. ކެޕްޓަނުން ނިންމާފައިވަނީ އާދީއްތަ ދުވަހާއި ހަމައަށް މުސާރަ ބޮޑު ނުކޮށްފިނަމަ އެދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުތުމަށެވެ.

ޑޭޝް-8ގެ ޕައިލެޓުން އިހުތިޖާޖަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު، މޯލްޑިވިއަން ސީޕްލެއިންގެ 8 ޕައިލެޓަކުވަނީ އިއްޔެ ކުންފުނިން އިސްތިއުފާ ދީފައެވެ. އަދި އިތުރު ޕައިލެޓުންވެސް މަޤާމުން ވަކިވުމަށް މިފެށޭ ހަފްތާގައި ހުށަހަޅާނެކަމަށް މައުލޫމާތު ލިބިފައެވެ. މޯލްޑިވިއަންގެ މެނޭޖްމަންޓުން އަމަލު ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހި، ކުންފުނީގެ އިސް 3 މަޤާމެއްގައި ތިއްބެވި ބޭފުޅަކުވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ ޕައިލެޓުން ވަކިވި ކަމުގައި ވީނަމަވެސް ކުންފުންޏަށް އެއްވެސް ދައްޗެއް ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.